Advertisement

ވިޔަފާރި ނުވާތީ ބާޒާރުގައި ކަރާގެ އަގު ވެސް ދަށަށް

13 މާރިޗު 2025 - 16:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ވިޔަފާރި ނުވާތީ ބާޒާރުގައި ކަރާގެ އަގު ވެސް ދަށަށް

13 މާރިޗު 2025 - 16:21 0

ވިޔަފާރި ނުވާތީ މާލޭ ލޯކަލް މާރުކޭޓުގައި ކަރާގެ އަގު ވެސް ދަށަށް ގޮސްފި އެވެ.

މިދިޔަ ރޯދަ މަހާ އަޅާބަލާއިރު މި ރޯދަ މަހު ކަރާގެ އިތުރުން މިރުހުގެ އަގު ވެސް ވަނީ ހެޔޮވެފަ އެވެ.

މި ރޯދަ މަހު ކަރާގެ އަގު 25ރ. އާއި 30ރ. އާ ދެމެދު ހުރުމަށްފަހު، މިއަދު އަގު ވަނީ 15ރ. އާއި 20ރ. އާ ދެމެދަށް ވެއްޓިފަ އެވެ.

މިރުސް 100 ގްރާމް މި ރޯދަ މަސް ފެށުނު ފަހުން 30ރ. އަށްވުރެ މައްޗަށް ގޮސްފައި ނުވާއިރު، މިއަދު 100 ގްރާމް ލިބެން ހުރީ 15ރ. އާއި 20ރ. އާ ދެމެދުގަ އެވެ.

ބާޒާރުގެ ގޮޅިއެއް ހިންގާ އަލީ ރިޒާ، 57، އަދަދު އާ ވާހަކަ ދައްކަމުން ބުނީ މި ރޯދަ މަހު ވިޔަފާރި ދަށް ވެގެން އުޅެނީ މީހުން އަތުގައި ފައިސާ ނެތުމުގެ އިތުރުން ރޯދަ މަސް ސްކޫލް ބަންދާ ދިމާވުމުން ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ ރޯދަ މަހު ކަރާ ކިލޯއެއްގެ އަގު 40ރ. އަށް ވެސް އުފުލުނެވެ. މިރުސް 100 ގްރާމު 120ރ. އަށް އުފުލިގެންދިޔައިރު، ކިލޯއެއްގެ އަގު 1،200ރ. އަށް އުފުލުނުކަން ފާހަގަކުރެވެ އެވެ.

ބާޒާރުގައި އެންމެ އަގުބޮޑުކޮށް ލިބެން ހުރީ މިވަގުތު ކާއްޓެވެ. އެގޮތުން އެކި ސައިޒުގެ ކާށި 8ރ. އިން ފެށިގެން 40ރ. އާ ހަމައަށް ބާޒާރުގައި ލިބެން ހުއްޓެވެ.

މޭވާ އާއި ތަރުކާރީގެ އަގު ގާތްގަނޑަކަށް ބާޒާރުގައި މިވަގުތު ހުރީ އެއް މިންވަރަކަށް ހިފެހެއްޓިފަ އެވެ.

ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު ލެޓިއުސްގެ އަގު އެކި ގޮޅިތަކުގައި ހުރީ ތަފާތުކޮށެވެ. އެގޮތުން ބައެއް ގޮޅިތަކުގައި 40ރ. އަށް ލެޓިއުސް ކިލޯއެއް ހުރިއިރު ބައެއް ގޮޅިތަކުގައި 150ރ. އަށް ވެސް ލެޓިއުސް ކިލޯ ލިބެން ހުއްޓެވެ.