13 މާރިޗު 2025 - 07:19 0
13 މާރިޗު 2025 - 07:19 0
ފާއިތުވި ތިން އަހަރުގެ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރޭ ބޭއްވި ކްރިކެޓް ހަވީރު ހަފްލާގައި މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑް، ޔޫސުފް އަޒްޔާން ފަރުހަތަށް ލިބިއްޖެ އެެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ކްރިކެޓް ހަވީރުގައި، ފާއިތުވި ތިން އަހަރު ކްރިކެޓްގެ އެކި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް އިނާމު ދިނުމުގެ އިތުރުން، ކްރިކެޓަށް އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް ދޭ ސާވިސް އެވޯޑައި، ޕްރެސިޑެންޓްސް އެވޯޑް ދެވުނެވެ. އަދި ކްރިކެޓް ގެ ޚަރަކާތައް ސްޕޮންސަރު ކުރާ ފަރާތްތަކަށް ޕާޓްނާޝިޕް ފިލާ އެރުވުނެވެ.
އެ ގޮތުން، އަޒްޔާނަށް ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، މިދިޔަ ދެ އަހަރުގެ އެންމެ މޮޅު ބެޓްސްމަންގެ އެވޯޑް ވެސް ލިބިފަ އެވެ.
މީގެ އިތުރުން، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑާއި 2022 ވަނަ އަހަރުގެ އެންމެ މޮޅު ބެޓްސްމަންގެ އެވޯޑް ލިބިފައިވަނީ، އާދަމް ނާސިފް އުމަރު (އާދަޅޭ) އަށެވެ.
މިދިިޔަ އަހަރާއި 2022 ވަނަ އަހަރުގެ އެންމެ މޮޅު ބޯލަރަކަށް ހޮވުނީ، އިބްރާހިމް ރިޒާން އެވެ. އަދި، 2023 ވަނަ އަހަރުގެ އެންމެ މޮޅު ބޯލަރަކަށް އަހުމަދު އަމީލް މައުރޫފް ހޮވުނުއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ތާރަކަ ރުވާން އެވެ.
އަންހެން މަގާމުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އެންމެ މޮޅު ބެޓަރާއި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ސުމައްޔާ ބިންތި ހަމީދު އެވެ. އަދި، 2023 ވަނަ އަހަރުގެ އަންހެން އެންމެ މޮޅު ބޯލަރަކީ، ނަބާ ބިންތި ނަސީމް އެވެ.
އެންމެ މޮޅު ކްލަބަކަށް 2022 އާއި 2023 ވަނަ އަހަރު މިލާން ކްރިކެޓް އެކަޑަމީ ހޮވުނުއިރު، މިދިޔަ އަހަރުގެ މޮޅު ކްލަބަކަށް ހޮވުނީ، ސީބީއެލް ސްޕޯޓްސް އެވެ.
ޖޫނިއާ އަދި ޔޫތު ކްރިކެޓް އެވޯޑްތަކަށް ބަލާއިރު، އަތޮޅު ކްރިކެޓް އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ މިޒްޔާން އިބްރާހިމް، އަތޮޅު ކްރިކެޓް އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ސުމައްޔާ ބިންތް ހަމީދު، އެންމެ މޮޅު ޖުނިއާ ކުޅުންތެރިޔާ އަބްދުﷲ މަބްސަރު ހޯދިއިރު، 2023 ވަނަ އަހަރުގެ އިމާޖިން ކުޅުންތެރިއަކަށް ހޮވުނީ،، ޝިއުސް ފަރީދް އަދި އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ މުހައްމަދު މިއުވާންް ޝިފާއު އާއި ޝަންމަ އަލީ އެވެ.
ކްރިކެޓް ބޯޑުގެ ޕާޓްނަރުންގެ ގޮތުގައި ފިލާ ދީފައިވަނީ، ގައުމީ ޖޯޒީ ސްޕޮންސަރުންގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް، ޑިވެލޮޕްމަންޓް ޕްރޮގްރާމާއި މުބާރާތްތަކުގެ ސްޕޮންސަރު ނެސްލޭ މައިލޯ، ގްރައުންޑް އެޑްވަޓައިޒިން ޕާޓްނަރު ފަތަހަ ސްޓާ، ސޮނީ ހާޑްވެއާ، އެމްއައި ރާއްޖެ އަދި އެސް އެންޑް އިންޓަނޭޝަނަލް އެވެ.
ކްރިކެޓް ގެ ހިދްމަތުގެ އިނާމް ދެވުނު ފަރާތްތަކަށް ބަލާއިރު، ކޯޗިންގެ ދާއިރާއިން، ސުދީޝް ސުދަން، އަމްޕަޔަރިންގެ ދާއިރާއިން މުޙަންމަދު އޮބައިދުﷲ ސައްޔިދް، ސްކޯކުރުމުގެ ދާއިރާއިން، މަރިޔަމް ލީން ލުތުފީ، ޕްރިންޓް އާއި ވެބް މީޑިއާ ދާއިރާ އިން އައްޒާމް އަލިފުޅު، ބްރޯޑްކާސްޓިން މީޑިއާ ދާއިރާއިން ހުސެއިން ފަރިޔާޒް އަދި ކްރިކެޓް ހަރަކާތްތައް ރާވާ ހިންގުމުން ހުސެއިން ފިރާގު އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment