Advertisement

ކޮލިފިކޭޝަނުގައި ރާއްޖެ އަށް އެޑްވާންޓޭޖް އެބައޮތް: ސުޒޭން

13 މާރިޗު 2025 - 07:24 0

އަތޫފް އާތިފް

އ

Advertisement

ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ސުޒޭން ކުޅުންތެރިންނާ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އަބީދު


ކޮލިފިކޭޝަނުގައި ރާއްޖެ އަށް އެޑްވާންޓޭޖް އެބައޮތް: ސުޒޭން

13 މާރިޗު 2025 - 07:24 0

Advertisement

މި މަހު ފަށާ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ރާއްޖޭން ތައްޔާރުވާން ފަށާފައިވާއިރު، މި ފަހަރުގެ ކޮލިފިކޭޝަނުގައި އެޑްވާންޓޭޖް އެބައޮތް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހު 25 ވަނަ ދުވަހު ރަަށުންބޭރުގައި ބައްދަލުކުރާނީ ފިލިޕީންސާ އެވެ. އެ މެޗު ކުޅުމުގެ ހަ ވަރަކަށް ދުވަސް ކުރިން، އިންޑިއާއާ ދެކޮޅަށް އެ ގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

މިދިޔަ ހަފުތާގައި ގައުމީ ފުޓުބޯޅަ ޓީމުން ކޮލިފިކޭޝަނަށް ފަރިތަކުރުންތައް ފަށާފައިވާއިރު، ސުޒޭން ހުރީ ކުޅުންތެރިންގެ ފިޓްނަސް މިހާރު ހުރި މިންވަރާ މެދުވެސް ހިތް ހަމަ ޖެހިފަ އެވެ. ހާއްސަކޮށް އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ފުޓުބޯޅަ ސީޒަން ނުފެށި އޮތް ނަމަވެސް ކުޅުންތެރިން އަމިއްލަ އަށް ފިޓްނަސް ހިފަހައްޓަން ކުރި މަސައްކަތް ސުޒޭން "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ފާހަގަކުރި އެވެ.

"މި ބްރޭކްގަ ވެސް ގިނަ ކުދިން އެ މީހުންއަށް ގަބޫލުކުރެވުނު އެ މީހުންގެ ޕްރޮފެޝަން އަކީ ފުޓުބޯޅަކަން. އެ މެއިންޓެއިން ކުރަން ކުޅުންތެރިން މަސައްކަތް ކޮށްފަ އެބަހުރި. ކުޅުންތެރިން ތިބި ޝޭޕަށް ބަލާއިރު، އަޅުގަނޑުގެ ކޮންފިޑެންސް އެބައޮތް އެ ކުޅުންތެރިންނާ ދޭތެރޭގައި." ސުޒޭން ފާހަގަކުރި އެވެ.

ކޮލިފިކޭޝަން އަށް ރާއްޖެއިން ނުކުންނައިރު ހުރިހާ ގޮތަކުންވެސް އެޑްވާންޓޭޖް އޮތީ ރާއްޖެ އަށް ކަމަށް ސުޒޭން ބުންޏެވެ.

Advertisement

ހާއްސަކޮށް ގްރޫޕްގައި އޮތް ޓީމުތަކަށް ބެލިއަސް އަދި ހޯމް އެންޑް އަވޭ އަށް ބެލިއަސް ރާއްޖެ އަށް އެޑްވާންޓޭޖް ކަމަށް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

"މީގަ މި ފަހަރުގެ ގްރޫޕްގައި މިހުރި ޓީމުތަކަށް ބެލިއަސް ހޯމް އެންޑް އަވޭ އެތުރިފައި އޮތް ގޮތައް ބެލިއަސް ރާއްޖެ އަށް އެޑްވާންޓޭޖް ބޮޑުކޮށް މިއޮތީ. ރަނގަޅު އެއް މެޗު ބޭނުންވަނީ ފިލިޕީންސް އަކީ އެއްވެއް އިރެއްގައި އަޅުގަނޑުމެން އަށް ވުރެ މާ ތަފާތު ޓީމެއް ނޫން. އަވޭ މެޗެއްގައި ރަނގަޅު އެއް މެޗު ބޭނުންވަނީ. ސުޒޭން ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މި ފަހަރު ރާއްޖެ މި ހިމެނޭ ގްރޫޕްގެ ތިން ޓީމާ މީގެ ކުރިން ރާއްޖޭން ވަނީ ކުޅެފަ އެވެ. ފިލިޕީންސާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި ކުރިއަށްދިޔަ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 3-2 އިން ބަލިވެފަ އެވެ. އަދި ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ.