މީހުން ހައްޔަރުކޮށް ތަންތަން ބަލައި ފާސްކުރިއަސް ނުރައްކަލެއް ނެތް: ފޮރިން މިނިސްޓްރީ

11 މާރިޗު 2025 - 09:17 0

ލީވާން އަލީ ނާސިރު

ލ

ފުލުހުން މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މީހުން ހައްޔަރުކޮށް ތަންތަން ބަލައި ފާސްކުރިއަސް ނުރައްކަލެއް ނެތް: ފޮރިން މިނިސްޓްރީ

11 މާރިޗު 2025 - 09:17 0

ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި މީހުން ހައްޔަރުކޮށް ތަންތަން ބަލައި ފާސްކުރިއަސް ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި މި ވަގުތު އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

"ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކޯޓު އަމުރުތަކުގެ ދަށުން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެކި ސަރަހައްދުތަކާއި ވެހިކަލްތައް ބަލައި ފާސްކޮށްފައިވޭ. އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް. އެހެންނަމަވެސް މިހާތަނަށް ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ފާހަގަނުވޭ،" މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށް، ކަމާ ބެހޭ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތަކާއި ނުރައްކާތައް ރަނގަޅަށް މޮނިޓާކޮށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަނާއި ވެހިކަލްތައް ބަލައި ފާސްކުރި އެވެ.