ފައިސާ ޗާޕު ކުރުން ރިވިއުކުރަން އެމްއެމްއޭގެ ބޯޑަށް ހުށަހެޅުމުން އެކަމާ ދެކޮޅު ހަދައިފި

11 މާރިޗު 2025 - 07:52 3

އަހުމަދު އާއިދު

އ

ފައިސާ ޗާޕުކުރަން ނިންމި ނިންމުން ރިވިއުކުރަން ހުށަހެޅުއްވި އެމްއެމްއޭގެ ތިން ޑިރެކްޓަރުން: އެމްއެމްއޭގެ ނިންމުން ރިވިއުކުރަން ދެކޮޅު ހައްދަވަނީ ގަވަރުނަރު --- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު


ފައިސާ ޗާޕު ކުރުން ރިވިއުކުރަން އެމްއެމްއޭގެ ބޯޑަށް ހުށަހެޅުމުން އެކަމާ ދެކޮޅު ހަދައިފި

11 މާރިޗު 2025 - 07:52 3

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ ހިލާފުވެ، މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ނިންމި ނިންމުން ރިވިއުކުރަން އެ އިދާރާއިން ދެކޮޅު ހަދައިފި އެވެ.

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްއޭ ގެ ބޯޑުން ނިންމި ނިންމުން ރިވިއުކުރަން ހުށަހެޅީ އެ ބޯޑުގެ ތިން ޑިރެކްޓަރެއްގެ ތާއީދާއެކު އެވެ.

އެ ތިން މެންބަރުންނަކީ ފިނޭންސް މިނިސްޓްރީން ބޯޑަށް ކަނޑަައަޅާފައި ހުންނަ ޑިރެކްޓަރު އަހުމަދު ޒަޔާން މުހައްމަދު، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޝުހާދު އިބްރާހިމް އަދި، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އެވެ. އޭގެ ތެރެއިން ޒަޔާން އަދި ޝުހާދު މިހާރު ވަނީ ބޯޑުން އިސްތިއުފާދެއްވާފަ އެވެ.

މި ހުށަހެޅުމާ މެދު ބޯޑުން ގޮތެއް ނިންމާފައި ނުވި ނަމަވެސް ރިވިއުކުރަން ގަވަރުނަރު އަހުމަދު މުނައްވަރު ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ތަފާތު އެކި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން ނިންމީ 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރުމަށެވެ. އެ ފައިސާ ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށެވެ.

އެ ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި އިންވެސްޓްމަންޓުގެ ބޭނުމަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދިޔުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުން ކަމަށްވެ އެވެ.

އެމްއެމްއޭއިން މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް އެ ފައިސާ އެޗްޑީސީން ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމާއެކު އެ ބޭންކަކުން ލޯނުގެ ގޮތުގައި ދޫކޮރުވޭ އަދަދު ބޮޑުތަކުން އިތުރުވާނެ އެވެ. ސަރުކާރުގެ މަގުސަދަކީ ބޭންކަށް ބޮންޑު ވިއްކައިގެން އިތުރު ދަރަނި ނަގާ ހަރަދުތައް ދެކޮޅު ޖެއްސުން ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ޢަމިނަތް.

about 1 month ago

ވަރަށް ކޭރޭ އަދި މައިންބަފައިން ރަގަޅަށް ތަރުބިއްޔަރު ކޮއްފަތިބި ދަރިންތަކެއް.

ލޯންޑަރ

about 1 month ago

މިއީ ހަމަސީދާ ދައުލަތުން މަނީ ލޯންޑަރ ކުރުން

ފާއިދު

about 1 month ago

މި ހަބަރު ލިޔަފަ މިއޮތީ ހަމަޖެހޭ މީހެއްނޫންކަން ފާހަގަ ކުރެވޭ