Advertisement

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ރަޖިސްޓްރާ ޝައްމަ އައްޔަނުކޮށްފި

10 މާރިޗު 2025 - 17:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އައްޔަނުކުރި ޝައްމަ: އޭނާ އެންމެ ފަހުން ފުރުއްވީ ކޮންޒިއުމާ އޮމްބަޑްސްމަންގެ މަގާމު -- ފޮޓޯ: ކޮންޒިއުމާ އޮމްބަޑްސް އޮފީސް


ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ރަޖިސްޓްރާ ޝައްމަ އައްޔަނުކޮށްފި

10 މާރިޗު 2025 - 17:24 0

އިކޮނޮމިކް މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރިޔަމް ޝައްމަ އިސްމާއިލް އައްޔަނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް އޭނާ އައްޔަނު ކުރުމަށްފަހު މަރުހަބާ ކިޔައިފަ އެވެ.

ގާނޫނީ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ޝައްމަ މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ކަމާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޑިރެކްޓާ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާސްގެ މަގާމުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓެންޓުގަ މަގާމު ފުރައިފަ އެވެ.

ޝައްމަ އެންމެ ފަހުން ފުރުއްވީ ކޮންޒިއުމާ އޮމްބަޑްސްމަންގެ މަގާމެވެ. އެ މަގާމަށް ޝައްމަ އައްޔަނު ކުރީ މިދިޔަ ސަރުކާރުންނެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ހުސްވީ 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމަށްފަހު އެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ވިސާމް އައްޔަނުކުރީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.