ސަރުކާރުގެ ޑިވައިސްތަކުން ޑީޕްސީކް މަނާކުރަން އެމެރިކާއިން ވިސްނަނީ

12 މާރިޗު 2025 - 05:45 0

އަހުމަދު ދާއޫދު

އ

ޑީޕްސީކް- އެންމެ އަގުހެޔޮ އަދި އެންމެ ފުރިހަމަ އޭއައި މޮޑެލް


ސަރުކާރުގެ ޑިވައިސްތަކުން ޑީޕްސީކް މަނާކުރަން އެމެރިކާއިން ވިސްނަނީ

12 މާރިޗު 2025 - 05:45 0

ގައުމީ ސަލާމަތާގުޅޭ ކަންބޮޑުވުންތަކާއެކު، ޗައިނާގެ ޑީޕްސީކް އޭއައި ޗެޓްބޮޓް އެމެރިކާ ސަރުކާރުގެ ޑިވައިސްތަކުން މަނާކުރުމަށް ޓްރަމްޕްގެ ކެބިނެޓުން ވިސްނަމުންދާކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ހާމަކުރި ގޮތުގައި، ޗައިނާގައި ހުރި ސާވާތަކުގައި ޑީޕްސީކްއިން ބަހައްޓާ ކަމަށް ބުނާ ޔޫޒަރުންގެ ޑޭޓާއާ ބެހޭގޮތުން އެމެރިކާގެ އޮފިޝަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

އެޕް ސްޓޯތަކުން ޑީޕްސީކް މަނާކުރުމާއި، އެމެރިކާގައި ހުރި ކްލައުޑް ސާވިސް ޕްރޮވައިޑަރުންނަށް ޑީޕްސީކްގެ އޭއައި މޮޑެލްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އިތުރު ސަރަހައްދުތައް ކަނޑައެޅުމަށްވެސް ޓްރަމްޕް ސަރުކާރުގެ އޮފިޝަލުން ވިސްނަމުންދާކަމަށް ޖާނަލްއިން ހާމަކުރިއެވެ. ނަމަވެސް އެ ނޫހުން ބުނާގޮތުގައި މިކަމާބެހޭ މަޝްވަރާތައް އަދި އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.

ޑީޕްސީކްގެ ކުޑަ އަގުގެ އޭއައި މޮޑެލްތައް ނެރުމާއެކު މިއަހަރުގެ ޖަނަވަރީމަހު ދުނިޔޭގެ ހިއްސާގެ ބާޒާރުން ބޮޑެތި ހިއްސާތައް ވިއްކާލުމުގެ ސަބަބުން، އޭއައި މާކެޓް ލީޑަރުންނަށް ޑީޕްސީކްގެ ނުރައްކާތެރިކަން ކުރިމަތިވެދާނެކަމަށް އިންވެސްޓަރުން ބިރުގަތެވެ.

އަނެއްކޮޅުން ސަރުކާރުގެ ޑިވައިސްތަކުގައި ޑީޕްސީކްގެ އޭއައި ސޮފްޓްވެއަރ ޑައުންލޯޑްކޮށް ބޭނުންކުރުން މަނާކުރުމަށް ޤާނޫނެއް ފާސްކޮށްދިނުމަށް އެދި 21 ސްޓޭޓްގެ އެޓަރނީ ޖެނެރަލުން ވެސް ބުރާސްފަތި ދުވަހު ކޮންގްރެސްގައި ވަނީ އެދިފައެވެ.

މިވާހަކަތަކަށް ވައިޓް ހައުސްއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.