Advertisement

މަރުވާ މީހުން ވަޅުލުމުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" އުވާލައިފި

10 މާރިޗު 2025 - 12:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސަހަރާގައި ބިދޭސީއަކު ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު ފައިލް


މަރުވާ މީހުން ވަޅުލުމުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" އުވާލައިފި

10 މާރިޗު 2025 - 12:39 0

މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ދޭ "ޖަމާއަތްތެރިންނާއި ގަބުރުސްތާން އެލަވަންސް" ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އިން ފެށިގެން އުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ހުރިހާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަށް ނެރުނު ސާކިއުލާއެއްގައި ބުނީ އެ އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވާއިދާ ފުށުނާރާ ގޮތަށް، ކައުންސިލްގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާ ގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

ނަމަވެސް އެ އެލަވަންސް ސިވިލް ސާވިސް ކޮމިޝަނުން އުވައިލި ސަބަބެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ޖަމާއަތްތެރިންނާއި ގަބުރުސްތާން މަސައްކަތު އެލަވަންސަކީ އަތޮޅުތަކުގެ ރަށްރަށުގައި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެކެވެ. އެގޮތުން އެ މަސައްކަތް ކުރާ މީހުން ނިކުންނަ ކޮންމެ ދުވަހަކަށް 50ރ. އެލަވަންސެއްގެ ގޮތުގައި ދެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން މުވައްޒަފުންނަށް ދޭ އެލަވަންސްތަކަށް ނުވަ ވަނަ އިސްލާހު ގެނެސްފަ އެވެ.