ހުލާސާކޮށް އިއްޔެ: ތައްޔާރު އެވަނީ 14 ބިލިއަން ރުފިޔާ ޗާޕް ކޮށްލަން

10 މާރިޗު 2025 - 02:33 0

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ހުލާސާކޮށް އިއްޔެ: ތައްޔާރު އެވަނީ 14 ބިލިއަން ރުފިޔާ ޗާޕް ކޮށްލަން

10 މާރިޗު 2025 - 02:33 0

ރިޔާސީ ކެމްޕޭނާއި ވެރިކަމަށް ވަޑައިގެންނެވިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވަމުން ގެންދަވާ އެންމެ ބޮޑު ވައުދާ ހިލާފުވެ، މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމައިފި ކަމަށް އިއްޔެ ރިޕޯޓު ކުރި އެވެ.

ތަފާތު އެކި މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން ވަނީ 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އަދަދުގެ ނޫސްވެރިން އެމްއެމްއޭގެ ބަހެއް ހޯދުމަށް މަސައްކަތްކުރުމުން އެ އިދާރާގެ އޮފިޝަލުން ވިދާޅުވީ ރަސްމީ ބަހެއް ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ގަވަރުނަރު އަހުމަދު މުނައްވަރު ފޯނު ކޯލަށް އަދި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

އެމްއެމްއޭ އިން 14 ބިލިއަނެއްހާ ރުފިޔާ ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށެވެ.

އެ ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި އިންވެސްޓްމަންޓުގެ ބޭނުމަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދިޔުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުން ކަމަށްވެ އެވެ.

މުހިއްމު ބައެއް ހަބަރު