ހުލާސާކޮށް އިއްޔެ: އުޝާމް ވޯޓު ދިން ގޮތް

9 މާރިޗު 2025 - 03:04 0

ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރުން އަދި އުޝާމް. އެ ހުރިހާ ފަނޑިޔާރުން ވަކިކުރަން ވެސް މަޖިލީހުގައި ނެގި ވޯޓުގައި އުޝާމް ވޯޓު ދެއްވި --- އާޓްވޯކް: އިސްމާއީލް އިމްދާދު


ހުލާސާކޮށް އިއްޔެ: އުޝާމް ވޯޓު ދިން ގޮތް

9 މާރިޗު 2025 - 03:04 0

ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ނިމިގެންދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ދުވަސްވަރުގައި ކަމަށް މިހާރުގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވި ނަމަވެސް އެ ދުވަސްވަރު ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމަށް ނަގާފައިވާ ހުރިހާ ވޯޓެއްގައި އެ ފަނޑިޔާރުން ވަކިކުރަން އުޝާމް ވޯޓު ދީފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ލިޔެކިޔުންތަކުން އެނގިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސުޕްރީމް ކޯޓުގައި 19 ވަނަ މަޖިލިސް ފެށުނުއިރު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެ ކޯޓުގެ އަދަދު ހަތަކަށް އިތުރުކުރީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރީ އޭގެ ކުރިން އެ މަގާމުގައި އޭރު ތިއްބެވި ބޭފުޅުންނާ މެދު ކުރެވެމުންދިޔަ ސީރިއަސް ތުހުމަތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފަހު އެވެ.

އޭރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުالله ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުالله، ފަނޑިޔާރު އަބްދުالله ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ފޮނުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި ހަތަރު މައްސަލާގައި ވެސް އަމަލުކުރީ އެ ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތްތައް ޖޭއެސްސީން ހިންގާފައިވަނީ ރަނގަޅަށް ކަމަށްވުމާ އެކު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމުންނެވެ.

އޭރު އުޝާމް ގެންދެވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވަމުންނެވެ. ހުރިހާ ފަނޑިޔާރުން ވަކިކުރުމުގެ ވޯޓުގައި ވެސް އުޝާމް ވަނީ ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ.

މުހިއްމު ބައެއް ހަބަރު