Advertisement

ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހަދަން ޖެހޭ: ޖަނާބު

8 މާރިޗު 2025 - 13:54 7

އަހުމަދު އާއިދު

އަހުމަދު އާއިދު

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) -- ފޮޓޯ: އަދަދު


ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހަދަން ޖެހޭ: ޖަނާބު

8 މާރިޗު 2025 - 13:54 7

ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހަދަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.

ޖަނާބު މިހެން ވިދާޅުވީ ޕީއެންސީ ގެ މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސައިދޭން، އާސަންދަ އޮފީހުގައި ހާއްސަ ޑެސްކެއް ގާއިމުކުރި ހަބަރު "އަދަދު" ނޫހުން ގެނެސްދިނުމުން އެކަން ދޮގުކޮށް އެ ކުންފުނިން ކުރި ޕޯސްޓެއް ހިއްސާކުރައްވަމުންނެވެ.

"ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހަދަން ޖެހޭ،" ޕީއެންސީ އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޓެގު ކުރައްވާ ޖަނާބު ލިޔުއްވާފައިވެ އެވެ.

މި ޕޯސްޓަށް ރިޕްލައިކުރި ސަރުކާރުގެ އިސް އޮފިޝަލުންނާއި ޕީއެންސީގެ އެކްޓިވިސްޓުން އަދި ސަޕޯޓަރުން ވަނީ ޖަނާބުގެ ހިޔާލަށް ތާއީދުކޮށް ނޫސްތަކާއި ނޫސްވެރިންނާ ދެކޮޅަށް ޖިނާއީ ތަހުގީގު ކުރަން ޖެހޭ ކަމަށް ބުނެ އެވެ.

އެގޮތުން މިއީ ގައުމުގެ ސަލާމަތާއި އިޖުތިމާއީ ރައްކާތެރިކަމަށް މިކަން ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށް ބައެއް މީހުން ލިޔެފައިވެ އެވެ. މިއީ ނޫސްވެރިންނާ ނޫސްތަކާ ދެކޮޅަށް ސަރުކާރުގެ ވެރިންނާއި ޕީއެންސީގެ މަޖިލިސް މެންބަރުން ވާހަކަދައްކާ ހިޔާލުފާޅުކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވުޖޫދަށް ގެނައި އަބުރުގެ ގާނޫނުގެ ދަށުން މީގެ ކުރިންވެސް ނޫސްވެރިންނާއި ނޫސްތަކަށް ބޮޑެތި އަދަބުތަކެއް ދިނެވެ.