Advertisement

އަންހެނުންނަށް ލިބޭ ފުރުސަތަތުތައް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވެއްޖެ

8 މާރިޗު 2025 - 13:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ދަތުރެއްގައި ފުރާވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް


އަންހެނުންނަށް ލިބޭ ފުރުސަތަތުތައް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވެއްޖެ

8 މާރިޗު 2025 - 13:06 0

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ މުޖުތަމައުގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުން ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މުހިންމުން ސިޔާސަތުތަކުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުން ހިމެނޭ ކަމަށެވެ.

ދިވެހި ތާރީހުގެ ލިޔެކިޔުންތަކުން ވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި މުރާލިކަން އަދި ގައުމީ، އިޖުތިމާއީ ކަންކަމުގައި ގެންގުޅޭ ބޮޑު އަހައްމިއްޔަތުކަން ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިނިވަންކަމުގެ ހައްގުގައި ދިވެހީން ކުރި ކޮންމެ ޖިހާދެއްގައިވެސް ދިވެހި އަންހެން ދަރީންގެ ބައިވެރިވުމާއި ދައުރު ނުހަނު ބޮޑަށް އޮތްކަމީ، ދެބަސްވެވެން ނެތް ހަގީގަތެއް،" ރައީސް މިއަދު ދެއްވި ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާގައި ގިނައީ އަންހެނުންކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ ތައުލީމު ހާސިލްކުރާ އާބާދީގެ ބޮޑު ބަޔަކީ އަންހެނުންނަށް ވުމަކީ ވެސް ގައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެެއް ކަމަށެވެ.

"ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިން. އަނބީންގެ ގޮތުގައި އަދި ދައްތައިންނާއި ބޮޑުދައިތައިންގެ ގޮތުގައި ދިވެހި އާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުން،" އެމަނިކުފަނު ވިދާޅުވި އެވެ.