Advertisement

ޖޮކޮވިޗްގެ ކޯޗުގެ ރޯލުގައި ކުރިއަށްދާން މަރީ ނިންމައިފި

7 މާރިޗު 2025 - 06:19 0

Advertisement


ޖޮކޮވިޗްގެ ކޯޗުގެ ރޯލުގައި ކުރިއަށްދާން މަރީ ނިންމައިފި

7 މާރިޗު 2025 - 06:19 0

Advertisement

ބެލްގްރޭޑް، ސާބިއާ (މާޗް 7) - މަޝްހޫރު ޓެނިސް ތަރި، ނޮވަކް ޖޮކޮވިޗްގެ ކޯޗަކަށް ދާދި ފަހުން ރިޓަޔާކުރި އޭނާގެ ވާދަވެރި އިނގިރޭސި ޓެނިސް ކުޅުންތެރިޔާ، އެންޑީ މަރީ ކުރަމުން އަންނަ މަސައްކަތް ކުރިއަށް އޮތް ދެ މުބާރާތަށް ދިގުދައްމާލަން ނިންމައިފި އެވެ.

ތިން ގްރޭންޑް ސްލޭމް ކާމިޔާބުކުރި، މަރީ، 19 އަހަރުވީ ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ނިމުމަަކަށް ގެނައީ މިދިިޔަ އޮގަސްޓް މަހުގަ އެވެ. މަރީ ވަނީ މިދިޔަ ޖެނުއަރީ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗްގެ ކޯޗެއްގެ ޒިންމާ އަދާކޮށްފަ އެވެ.

Advertisement

އެކަމަކު، މިދިޔަ މަހު 18 ވަނަ ދުވަހު ގަތަރު އޯޕަންގެ ފުރަތަމަ ބުރުގައި އިޓަލީގެ މަޓެއޯ ބެރެޓިނީ އަތުން ޖޮކޮވިޗް، 37، ބަލިވި މެޗުގައި، އޭނާގެ ކޯޗަކަށް މަރީ ނެތެވެ. އެހެން ނަމަވެސް ކުރިއަށް އޮތް އިންޑިއަން ވެލްސް އާއި މިއާމީ މުބާރާތުގައި މަރީ ވަނީ ޖޮކޮވިޗްގެ ކޯޗުގެ ރޯލުގައި ކުރިއަށްދާން ނިންމައިފަ އެވެ.

ޖޮކޮވިޗް އެންމެ ފަހުން އޭޓީޕީ މާސްޓާސްގެ މި ދެ އިވެންޓެއްގައި ފުލުފުލުގައި ވާދަކުރީ 2019 ވަނަ އަހަރު އެވެ. އެހެން ކަމުން ހަ ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަަހަރަށް އެ ފަދަ ޗެލެންޖަކަށް ކުރިމަތިލާއިރު، މަރީގެ ތަޖުރިބާގެ އެހީ ހޯދަން އަނެއްކާ ވެސް އޭނާ ކޯޗެެއްގެ ގޮތުގައި ގެނައީ އެވެ.

މި ވަގުތަށް ބަލާއިރު، ޖޮކޮވިޗް އޮތީ ދުނިޔޭގެ ރޭންކިންގެ ހަތް ވަނައިގަ އެވެ. އެކަމަކު، ޓެނިހުގެ ތާރީހުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުުމުގެ ރެކޯޑް އޮތީ ޖޮކޮވިޗް އަތުގަ އެވެ.

Advertisement