Advertisement

ޔޫރޮޕާ ލީގު: ފުރަތަމަ ލެގުގައި ޔުނައިޓެޑް އެއްވަރު، ޓޮޓެންހަމް ބަލިވެއްޖެ

7 މާރިޗު 2025 - 11:18 0


ޔޫރޮޕާ ލީގު: ފުރަތަމަ ލެގުގައި ޔުނައިޓެޑް އެއްވަރު، ޓޮޓެންހަމް ބަލިވެއްޖެ

7 މާރިޗު 2025 - 11:18 0

މެޑްރިޑް (މާޗް 7) - ޔޫރޮޕާ ލީގުގެ ނޮކައުޓްގައި ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑުން 1-1 އިން ރެއާލް ސޮސިއެޑާޑާ އެއްވަރުވިއިރު، އޭޒެޑް އަލްކްމާރު އަތުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވެއްޖެ އެެވެ.

ސޮސިއެޑާޑް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތެއްނުވި އެވެ. މި މެޗުގައި ފުރަތަަމަ ގޯލު ޖަހައި ލީޑުނެގި ޔުނައިޓެޑުންނެވެ. މެޗުގެ 57 ވަނަ މިނިޓްގައި، ޔުނައިޓެޑްގެ އަލެހަންދްރޯ ގާނާޗޯ ދިން ބޯޅައަކުން މި ލަނޑު ޖެހީ ޖޯޝުއާ ޒާކްޒީ އެވެ.

މެޗުގައި ޔުނައިޓެޑަށް ލީޑުހިފަހައްޓައިލެވުނީ 13 ވަރަކަށް މިިނިޓް ވަންދެނެވެ. ސޮސިއެޑާޑުން އެއްވަރުކުރީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 70 ވަނަ މިނިޓްގައި މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނެވެ. މިއީ، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަތުގައި ޖެހުނު ބޯޅައަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީއެެކެވެ.

ސޮސިއެޑާޑް މޮޅުވާން ގޯލެއް ޖެހޭތޯ އިތުރު އެޓޭކްތަކެއް ކުރިއިރު، ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އެ ގޮތުން، ޔުނައިޓެޑްގެ ބްރައިސް މެންޑޭޒް އާއި އޮރީ އޮސްކާސަން ޖެހި ޝޮޓްތައް ހުއްޓުވީ ކީޕަރު އޮނާނާ އެވެ.

އޭޒެޑް އަލްކްމާރު ދަނޑުގައި ޓޮޓެންހަމް ބަލިވީ ފުރަތަމަ ހާފުގައި ވަން ގޯލަކުންނެވެ. މި މެޗުގައި އޭޒެޑް އަލްކްމާރުން ޖެހި ހަމައެކަނި ގޯލަކީ، މެޗުގެ 18 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ލޫކަސް ބާގްވަލް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.