Advertisement

ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕު އަތުލައިގަނެފި

6 މާރިޗު 2025 - 11:08 0

އަހުމަދު އާއިދު

އ

Advertisement


ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕު އަތުލައިގަނެފި

6 މާރިޗު 2025 - 11:08 0

Advertisement

Advertisement

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބަދަލުކޮށް, ގެންގުޅުމާއި ބޭނުންކުރުން މަނާކޮށްފައިވާ ވޭޕުތަކެއް ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އިއްޔެ އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓަކުން ކަމަށެވެ.

Advertisement

އެ ޝިޕްމަންޓުގައި ވޭޕު ސްޓިކްތަކެއް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން 400 ވޭޕު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ގާނޫނު ބުނާގޮތުން އެތެރެކުރި ފަރާތް 4،050،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ.

ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.

ގާނޫނަށް ކުއްލި ބަދަލެއް ގެނެސް ރާއްޖެއަށް ވޭޕު އެތެރެކުރުމާއި ވޭޕު ބޭނުންކުރުމާއި ގެންގުޅުން އަދި އޭގެ ވިޔަފާރި ކުރުން މަނާކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ވޭޕު އެތެރެކުރުން ނޮވެމްބަރު 15، 2024 ގައި މަނާކުރިއިރު ވޭޕާ ގުޅޭ އެހެން ކަންކަން މަނާކުރީ އޭގެ މަހެއް ފަހުންނެވެ.

Advertisement

ވޭޕާ ދެކޮޅަށް ފުލުހުންނާއި ސަރުކާރުގެ ވުޒާރާތަކުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ދެ ތަނަކަށް ރެއިޑު ޖަހާ އެކަކު ހައްޔަރުކޮށްފައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަބޫ ސުފްޔާން، 27، ބަންގްލަދޭޝް، އެވެ. ބަލާފާސްކުރީ އޭނާ އުޅޭ ގޭގެ އިތުރުން އޭނާ މަސައްކަތްކުރާ ކެފޭއެކެވެ.

މީގެއިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްވެސް ބަލާފާސްކުރި އެވެ. އެތަނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މިތަނުން ގިނަ އަދަދެއްގެ ވޭޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ހިދުމަތުން ބުނި ނަމަވެސް ވޭޕުގެ އަދަދެއް ފުލުހުން ނުބުނެ އެވެ.