6 މާރިޗު 2025 - 08:31 0
ލީވާން އަލީ ނާސިރު
6 މާރިޗު 2025 - 08:31 0
އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން ކޮންމެ ދުވަހަކު 1،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރޯދަ މަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަނުގައި އެސްޖޭ މޯލް އިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް 1،000ރ. ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ އިތުރުން އެމްއައިބީން ކުރިޔަށްގެންދާ ކާޑުން ކަނޑާލާ ޕްރޮމޯޝަންގައި ވެސް އެ ބޭންކުން ގިނަ ހަދިޔާތަކެއް ދޭން ވަނީ ކަނޑައަޅައިފަ އެވެ.
ކާޑުން ކަނޑާލާ ޕްރޮމޯޝަންގައި އެއްވަނައަށް ދާ މީހަކަށް ދުބާއީ ދަތުރެއް ދޭއިރު ދެވަނަ އަށް ދާ މީހަކަށް އައިފޯން 16 ޕްރޯ މެކްސް އެއް ލިބެ އެވެ. އަދި ތިން ވަނަ އަށް ރިސޯޓް ދަތުރެއް ލިބެ އެވެ.
އެމްއައިބީން ވަނީ އިހުސާން ފިހާރަ، މޯތީ މަހަލް، ޗިކިންގެ އިތުރުން ގްލޯރިޔާ ޖީންސްއާ އެކު ވެސް ރޯދައަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެ ތަންތަނުން ކޮންމެ ހަފުތާއަކު 70 މީހަކަށް 1،000ރ. ގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކެވެ. އެ ބޭންކުން ދަނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޒަމާނީ ބޭންކިން ހިދުމަތެއް ދެމުންނެވެ.
Comment