Advertisement

ބާޒާރުގައި ކާއްޓެއްގެ އަގު 60ރ. އަށް އުފުލިއްޖެ

5 މާރިޗު 2025 - 11:15 0

ލީވާން އަލީ ނާސިރު

ލ

Advertisement

ބާޒާރުގައި ކާށި ވިއްކަން ބަހައްޓާފައި: ކާއްޓެއްގެ އަގު މިއަދު ވަނީ 60ރ. އަށް އުފުލިފައި -- ފޮޓޯ؛ އަދަދު


ބާޒާރުގައި ކާއްޓެއްގެ އަގު 60ރ. އަށް އުފުލިއްޖެ

5 މާރިޗު 2025 - 11:15 0

Advertisement

ދަތުރުވެރިންގެ މާރުކޭޓުގައި ކާށީގެ އަގު އިންތިހާއަށް ބޮޑުވެ، ކާއްޓެއްގެ އަގު 60ރ. އަށް އުފުލިއްޖެ އެވެ.

ބާޒާރުގައި މިއަދު ކާށި ލިބެން ހުރީ 45ރ. އާއި 60ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެންމެ ކުޑަ ކާށި ލިބެން ހުރީ 15ރ. އަށެވެ.

Advertisement

ރޯދަ މަސް ފެށުނުއިރު ކާށީގެ އަގު 15ރ. އަށް ހުރިއިރު މަޑު މަޑުން އަގު އުފުލި ކާއްޓެއްގެ އަގު އިއްޔެ 40ރ. އަށް އުފުލުނެވެ.

ބާޒާރުގައި ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރި ކުރަމުންދާ މީހަކު "އަދަދު" އަށް ބުނީ ކާށީގެ އަގު ބާޒާރުގައި ބޮޑުވެފައި ވަނީ ފަހުގެ ތާރީހެއްގައި ބޮޑު ނުވާ މިންވަރަށް ކަމަށާއި މީގެ ކުރިން 5ރ. އަށް ވިއްކި ކާށީގެ އަގު މިއަދު 25ރ. އަށް އަރާފައިވާ ކަމަށެވެ.

"ބާޒާރުގައި ވިޔަފާރިކުރާތާ އެތައް އަހަރެއްވެއްޖެ. ދުވަހަކު ކާށީގެ އަގު މިހާ ބޮޑުވި ރޯދަ މަހެއް ވެސް ހަނދާނެއް ނުވޭ. 5ރ. އަށް ވިއްކި ކާށި މިއަދު 25ރ. އަށް ވިއްކަން ޖެހޭ. ރަނގަޅު ކާއްޓެއް މި ލިބެނީ 60ރ. އަށް. އަނެއްކޮޅުން ކާށި ލިބޭލެއް ވެސް މަދު،" އޭނާ ބުންޏެވެ.

Advertisement

ބާޒާރުގައި މިއަދު އެންމެ ބޮޑަށް އަގު ވެއްޓިފައި ވަނީ ލެޓިއުސްގެ އެވެ. ލެޓިއުސް ކިލޯއެއްގެ އަގު މިއަދު 50ރ. އާއި 70ރ. އަށް ލިބެން ހުރިއިރު ރޯދަ މަސް ފެށުނުއިރު ލެޓިއުސް ކިލޯއެއްގެ އަގު 100ރ. އަށް ވެސް އުފުލިގެންދިޔަ އެވެ.

ފަތްޕިލާވެލީގެ އިތުރު ބާވަތްތަކަށް ބަލާއިރު ހަތަރު ފަތުގެ ކޮޕީފަތް ބޮނޑިއެއް ލިބެން ހުރީ 10ރ. އާއި 15ރ. އަށެވެ. އަދި ކުއްޅަފިލާ ދެ ބޮނޑި ލިބެން ހުރީ 25ރ. އަށެވެ.

ކަނޑޫދޫ މިރުހުގެ 100 ގްރާމު 25ރ. ގައި ހުރީ ހިފެހެއްޓިފަ އެވެ. ކަރާ ކިލޯއެއްގެ އަގު ވެސް ހުރީ 25ރ. ގައި ހިފެހެއްޓިފަ އެވެ. ކުރުނބައެއް 40ރ. އާއި 50ރ. އަށް ހުރިއިރު ކުރުނބާ ފުޅިއެއް 150ރ. އަށް ވަނީ މިއަދު ވެއްޓިފަ އެވެ.