5 މާރިޗު 2025 - 08:14 0
5 މާރިޗު 2025 - 08:14 0
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 5) - ލޮސް އެންޖެލްސް ލޭކާސް އަށް ކުޅެމުން އަންނަ ބާސްކެޓްބޯޅަ ލެޖެންޑް، ލެބްރަން ޖޭމްސް އަނެއްކާ ވެސް، ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) 50،000 ޕޮއިންޓް ހަމަކުރި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.
މި ސީޒަނުގައި އެންބީއޭގެ ގިނަ ރެކޯޑްތަކެއް ހަދަމުން އަންނަ 40 އަހަރުގެ ޖޭމްސް، 50،000 ޕޮއިންޓް ހަމަކުރީ ރޭ އެލްއޭ ލޭކާސް އިން 136-115 އިން ނިއު އޯލެއަންސް ޕެލިކަންސް އަތުން މޮޅުވި މެޗުގަ އެވެ. މި މެޗުގެ ފުރަތަަމަ ކުއާޓަރުގައި، ޖޭމްސް ތުރީ ޕޮއިންޓާ އެއް އެޅީ، 25 ފޫޓެއްހާ ދުރުންނެވެ.
ރޭގެ މެޗުގައި ޖުމްލަ އެކު، 34 ޕޮއިންޓް ސްކޯކުރި، ޖޭމްސްގެ ކެރިއަރު ޖުމްލަ ޕޮއިންޓަކީ، 60،149 ޕޮއިންޓެވެ. ޖޭމްސް، 50،000 ޕޮއިންޓް ހަމަކުރީ، ހަމައެކަނި ރެގިއުލާ ސީޒަނާއި ޕްލޭއޮފް މެޗުތަކުގަ އެވެ.
ހަތަރު ފަހަރު އެންބީއޭ ޗެމްޕިއަންކަން ހޯދާފައިވާ، ޖޭމްސް ބުނީ، ކެރިއަރުގެ މިހާ ހިސާބުގައި ވަކި ރެކޯޑްތަކެއް ފަހާ ދުވުމުގެ ބަދަލުގައި، އެންމެ މަތީ ފަންތީގައި ކުޅެލަން ލިބޭ ކޮންމެ މެޗެއްގައި ވެސް ހިތްހަމަޖެހިލައިގެން ކުޅެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖޭމްސް، މި ސީޒަނުގައި މުގުރާލި ރެކޯޑްތަކަށް ބަލާއިރު، އެންމެ ގިނަ މެޗު 30 ޕޮއިންޓަށް ވުރެ ގިނައިން ސްކޯކޮށްގެން، މައިކަލް ޖޯޑަން 2003 ވަނަ އަހަރު ހެދި ރެކޯޑް ވެސް ވަނީ މުގުރާލައިފަ އެވެ.
ޖޭމްސް ވަނީ އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި، މިދިޔަ އަހަރުގެ އޮލިމްޕިކްސް ގޭމްސްގައި އެމެރިކާއިން ބާސްކެޓް ބޯޅައިގެ ރަން މެޑަލް ހޯދިއިރު، ޖޭމްސް ވަނީ އެ ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކޮށްފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހު، ޕްރީ ސީޒަަން މެޗެއްގައި ފީނިކްސް ސަންސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި، ލޭކާސް އިން ނުކުތީ ޖޭމްސް އާއި އޭނާގެ ދަރިފުޅު، ބްރޯނީ ޖޭމްސް އެކުގައި ފުރަތަަމަ ފަހަރަށް ރަސްމީ މެޗެއްގައި ހިމަނައިގެންނެވެ. މީގެ ކުރިން ބައްޕަ އާއި ދަރިފުޅު، އެންބީއޭ ލެވަލްގެ އެއްވެސް މެެޗެއްގައި އެކުގައި ކުޅެފައި ނުވެ އެވެ. އެހެންކަމުން، ޖޭމްސް ދެބަފައިންނަށް މި ހާސިލްކުރެވުނީ ތާރީހީ ކަމެކެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment