ފިޔަވަތީގެ ކުދީންނަށް އެވޮންއިން ރޯދަ ވީއްލުމާއި ސްކޫލު ސާމާނު ހަދިޔާކޮށްފި

5 މާރިޗު 2025 - 07:40 0

އެވޮންއިން ފިޔަވަތީގައި ތިބި ކުދީންނަށް އިއްޔެ ހަދިޔާކުރި ރޯދަ ވީއްލުމާއި ސްކޫލު ސާމާނު އެ ސެންޓަރާ ހަވާލުކުރަނީ. -- ފޮޓޯ: އެވޮން


ފިޔަވަތީގެ ކުދީންނަށް އެވޮންއިން ރޯދަ ވީއްލުމާއި ސްކޫލު ސާމާނު ހަދިޔާކޮށްފި

5 މާރިޗު 2025 - 07:40 0

މަޝްހޫރު ފަރުނީޗަރު ފިހާރަ، އެވޮން އިން ފިޔަވަތީގައި ތިބި ކުދީންނަށް ރޯދަ ވީއްލުމާއި އެ ކުދިންނަށް ބޭނުންވާ ސްކޫލު ސާމާނު އިއްޔެ ހަދިޔާކޮށްފި އެވެ.

ފެންވަރު ރަނގަޅު ރީތި ފަރުނީޗަރު ވިއްކުމުގައި ފަސް އަހަރު ވެފައިވާ އެވޮންއިން މި ރޯދަ މަހަށް އެ ފިހާރައިގެ ޕްރޮޑަކްޓު ލައިނަށް އާ ބޮޅެއް އިތުރު ކުރި އެވެ. އެއީ ރީތި ޑިޒައިންތަކުގެ ފެންވަރު ރަނގަޅު އެވޮން މަރުކާގެ ތަށި ސެޓުތަކެވެ.

އެ ފިހާރައިން ބާޒާރަށް ނެރުނީ 14 ޕީސް ހިމެނޭ، ތަފާތު 12 ޑިޒައިނެއްގެ ތަށި ސެޓްތަކެވެ.

އޭގެ އަގަކީ 1499ރ. އެވެ.


ހިތްގައިމު މި ތަށި ސެޓުތައް ޕްރޮމޯޓުކުރުމަށްޓަކައި މަޝްހޫރު މީހުންނަށާއި ސޯޝަލް މީޑިއާ އިންފްލުއެންޒަރުންނަށް ހަދިޔާކުރި އެވެ. އެއާއެކު ތަށި ސެޓުތަކުގެ ވިޔަފާރި ވެސް މެކުހަށް ޖެހި އެވެ.

ތަށި ސެޓުތައް ވިއްކައިގެން ލިބުނު ފައިދާއިން އެވޮންއިން ކުރަން ބޭނުންވީ ވެސް ނުލާހިކު ރީތި، އެހެން ފަރާތްތަކަށް ވެސް ނަމޫނާއަކަށްވާ ފަދަ ކަމެކެވެ.

އެހެންވެ، ފިޔަވަތީގައި ތިބި ކުދިންނަށް އެހީވާނެކަން އިއްޔެ އެ ފިހާރައިން އިއުލާނު ކުރި އެވެ.


"އެވޮންގެ މެނޭޖުމެންޓުން ނިންމީ ތަށި ސެޓު ވިޔަފާރިން ލިބުނު ފައިދާ، ހުޅުމާލޭ ފިޔަވަތީގައި ތިބި ކުދީންނަށް ހިއްސާކުރަން. އެ އުފަލުގައި އެ ކުދީން ވެސް ބައިވެރިކުރަން،" އެވޮން ފިހާރައިގެ މެނޭޖަރު ބުންޏެވެ.

އިވޮންގެ ފަރާތުން އެ ކުދީންނަށް އިއްޔެ ރޯދަ ވީއްލުމާއި ސްކޫލަށް ބޭނުންވާ ސާމާނު ވެސް ހަދިޔާ ކުރި އެވެ.

"އަޅުގަނޑުމެން ދެކެނީ މިފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާއެއް ކަމަށް. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގަމުން ދާނެ،" އެވޮންގެ މެނޭޖަރު ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު ފަރުނީޗަރު އަދި މިހާރު ތަށިސެޓު ވެސް ވިއްކާ އެވޮން ހުންނަނީ ހުޅުމާލޭ ރަބަރުގަސްމަގުގަ އެވެ. އެވޮންގެ ޕްރޮޑަކްޓު ލައިން، އެ ފިހާރައިގެން އިންސްޓަގްރާމް ޕޭޖުން ބަލައިލެވޭނެ އެވެ.