ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު، މެކާތީ ބޭނުންވަނީ ކެންޔާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދޭން

4 މާރިޗު 2025 - 09:47 0


ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު، މެކާތީ ބޭނުންވަނީ ކެންޔާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދޭން

4 މާރިޗު 2025 - 09:47 0

ނައިރޯބީ، ކެންޏާ (މާޗް 4) - ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު، އޭނާ ބޭނުންވަނީ އަންނަ އަހަރު ކެނަޑާ، މެކްސިކޯ އަދި އެެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކެންޔާ ކޮލިފައިކޮށްދިނުމަށް ކަމަށް އެ ޓީމުގެ ކޯޗު، ބެނީ މެކާތީ ބުނެފި އެވެ.

ދެކުނު އެފްރިކާ ގައުމީ ޓީމަށް ކުރިން ކުޅުނު މެކާތީ، 47، ދާދި ފަހުން ކެންޔާ ކޯޗުކަމާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެއީ، 2027 ވަނަ އަހަރު ކެންޔާ ހިމެނޭހެން ހޯސްޓްކުރާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ނިޔަލަށެެވެ. އެ މުބާރާތް ހޯސްޓްކުރަނީ، ކެންޔާ އާއި ޔޫގާންޑާ އަދި ޓެންޒޭނިއާ އިންނެވެ.

ކެންޔާ އިން މެކާތީ ކޯޗުކަމުގައި ކުޅޭ ފުރަތަަމަ މެޗުގައި ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ކުޅޭނީ ގެމްބިއާއާ ދެކޮޅަށެވެ.

"ވޯލްޑް ކަޕްގައި ވާދަކޮށްލުމަކީ ކޮންމެ ބަޔަކަށް ވެސް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަަމަޖެހުން. އަހަރެން ބޭނުންވަނީ މި ޓީމު (ކެންޔާ) އަށް މިކަން ކޮށްދެން،" ދެކުނު އެފްރިކާ އަށް 1998 އާއި 2002 ގެ ވޯލްޑް ކަޕްގައި ކުޅެދިން، މެކާތީ ބުންޏެވެ.

"ރަނގަޅު މަސައްކަތްތަކެއް ކޮށްގެން، ރަނގަޅު ވިސްނުން ދަމަހައްޓައިގެން، ކުޅުންތެރިންނާއި މުޅި ޓީމު އެއް މިސްރާބެއްގައި ތިބެ ކުރިއަށްގޮސްގެން ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު އަހަރެމެންނަށް ވޯލްޑް ކަޕަށް ކޮލިފައިވެވިދާނެ،"

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އެފްގައި ހަ ޓީމެއް ވާދަކުރާއިރު، ކެންޔާ އޮތީ ހަތަރު ވަނައިގަ އެވެ. އެއީ، އެއް ވަނައިގައި އޮތް އައިވަރީ ކޯސްޓަށް ވުރެ ހަތަރު ޕޮއިންޓް މަދުން ހޯދައިގެންނެވެ. ކެންޔާ މިހާތަނަށް އަދި ވޯލްޑް ކަޕަށް ކޮލިފައިވެފައިނުވާއިރު، އެ ޓީމަށް ކުރިއަށް އޮތް ވޯލްޑް ކަޕުން ޖާގަ ލިބޭނީ ކޮލިފައިން ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެެވެ.