Advertisement

ނޭމާ އަލުން ގެންދަން ބާސެލޯނާ އިން ޝަރުތުތަކެއް ކަނޑައަޅައިފި

4 މާރިޗު 2025 - 09:26 0


ނޭމާ އަލުން ގެންދަން ބާސެލޯނާ އިން ޝަރުތުތަކެއް ކަނޑައަޅައިފި

4 މާރިޗު 2025 - 09:26 0

ބާސެލޯނާ (މާޗް 4) - ސަންޓޯސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި، ނޭމާ އަލުން ބާސެލޯނާއާ ގުޅެވޭތޯ މަސައްކަތް ކުރަމުން އަންނައިރު، އެ ކްލަބުން އޭނާ ގެންދާނެ ސަރުތުތަކެއް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޭމާ، 32، 2023 ވަނަ އަހަރު އަލް ހިލާލް އަށް ސޮއިކުރި، ދެ އަހަރުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ، 400 މިލިއަން ޑޮލަރެވެ. ދެ އަހަރު ތެރޭ، ނޭމާ އަށް މި އަދަދު ލިބޭ މި ކޮންޓްރެކްޓް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު ދޭ ބޯނަހާއި މުސާރައިގެ އިތުރުން އިސްތިހާރުގެ ޑީލްތައް ހިމެނެ އެވެ. އެކަމަކު، އެ ވަރުގެ ކޮންޓްރެކްޓެއްގައި އެ ކްލަބާ އެކު ސޮއިކޮށް ނޭމާ އަށް އަނިޔާގެ މައްސަލަތަކާ ހެދި އެ ޓީމަށް ކުޅެދެވުނީ އެންމެ ހަތް ވަރަކަށް މެޗެވެ. މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ނޭމާއާ ވެސް މަޝްވަރާކޮށް، އަލް ހިލާލުން ނިންމީ ކޮންޓްރެކްޓް ނިމުމަކަށް ގެންނާށެވެ.

ސަންޓޯސް އަށް މިހާތަނަށް ކުޅުނު ހަތް މެޗުން ތިން ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ހޯދައިދިން ނޭމާ އަށް އަލުން ބްރެޒިލް ގައުމީ ޓީމުން ފުރުސަތު ލިބިފައިވާއިރު، އޭނާ ބޭނުންވަނީ، 2026 ވަަަނަ އަހަރުގެ ވޯލްޑް ކަޕަށް ރަނގަޅު ލެވަލެއްގައި ހުންނަން އެނބުރި ޔޫރަޕް ފުޓްބޯޅަ އަށް ދިއުމަށެވެ. އެ ގޮތުން، އޭނާ ބޭނުންވަނީ، ޔޫރަޕްގައި އޭނާ ފުރަތަމަ ކުޅުނު ޓީމު ކަމަށްވާ ބާސެލޯނާއާ ގުޅޭށެވެ.

ސަންޓޯސް ދޫކޮށް، ނޭމާ، 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ، ޖުމްލަ އެކު، 80 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބާސެލޯނާ ދޫކޮށް، ނޭމާ، 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. ޕީއެސްޖީން ނޭމާގެ ސޮއި ހޯދީ، 242 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. މި ޓްރާންސްފާއާ ގުޅޭ ޓެކްސް މައްސަލަައެއްގެ ތަހުގީގެއް ފްރާންސްގައި އަދިވެސް ކުރިއަށް އެބަދެ އެވެ.

ނޭމާ، ބާސެލޯނާ ދޫކޮށްލި ހާލަތުގައި ކަންކަން ހިނގި ގޮތުން، ބާސެލޯނާގައި އަލުން ނޭމާ އެ ޓީމަށް ގެންދަން ބޭނުންނުވާ ފަރާތްތަކެއް މި ވަގުތު ވެސް އެބަތިބި އެވެ. އެކަމަކު، ބާސެލޯނާއާ އަލުން ގުޅެން ނިންމުމުން، އެކަން އެ ގޮތަށް ކުރެވޭނެ ގޮތްތަކެއް ވެސް އެ ކްލަބުން އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ކަންކަމަށް ބަލާއިރު، ބާސެލޯނާ އިން ބޭނުންވާ މުސާރައެއްގައި އޭނާ ކުޅުމާއި، ކޮންޓްރެކްޓް އުވާލެވޭ މާއްދާތަކެއް ބާސެލޯނާ އިން ބޭނުންވާ ގޮތަށް އެއްބަސްވުމުގައި ހިމެނުން ފަދަ ކަންކަން ހިމެނެ އެވެ. އަދި، . މި ސީޒަން ނިމޭއިރު، ސަންޓޯސް އަށް މަދުވެގެން 15 ގޯލު ނޭމާ ޖަހަން ދެހޭ ގޮތަށް ވެސް ބާސެލޯނާ ޓެކްނިކަލް ޓީމުން ވަނީ އަންގައިފަ އެވެ.