މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތް: ގެއްލިގެން ހޯދަމުން ދަނީ ދިވެހި ފިރިހެނެއް -- ފޮޓޯ: އަދަދު ފައިލް
މެލޭޝިއާއިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާއިން ދިވެއްސަކު ގެއްލިފައިވާކަމުގެ ހަބަރު އެ މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
"މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ކިޔާ ދިވެއްސެކެވެ.
އޭނާ ގެއްލުނީ ކިހިނެއްވެގެން ކަމެއް އަދި މިހައިތަނަށް ސާފެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment