މީޑިއާ ކައުންސިލުގެ މެންބަރުކަމުން ހުސައިން އިސްތިއުފާ ދީފި

3 މާރިޗު 2025 - 05:28 0

ލީވާން އަލީ ނާސިރު

ލ

ހުސައިން ހަސަން: މީޑިއާ ކައުންސިލްގެ މެންބަރުކަމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައި


މީޑިއާ ކައުންސިލުގެ މެންބަރުކަމުން ހުސައިން އިސްތިއުފާ ދީފި

3 މާރިޗު 2025 - 05:28 0

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު ކަމުން ހުސައިން ހަސަން އިއްޔެ އިސްތިއުފާ ދީފި އެވެ.

އެމްއެމްސީން އިސްތިއުފާ ދީ، އެ ކައުންސިލުގެ ރައީސް ހުސައިން ސަގީފަށް އެޑްރެސް ކުރައްވައި ހުސައިން ފޮނުވި ސިޓީގައި ބުނީ މަގާމުން އިސްތިއުފާ ދިނީ ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ފުރަމުން ގެންދާތީ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި މީޑިއާ ކައުންސިލް ދެމި އޮތުން. ނޫސްވެރިކަމުގެ ހަމަތަކާއި މިނިވަން މީޑިއާގެ މާހައުލެއް ހޯދައި ދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން،" އޭނާގެ ސިޓީގައި ބުނެފައިވެ އެވެ.

މީޑިއާ ކައުންސިލަށް އިންތިހާބުވުމަށް ފަހު ހުސައިން ވަނީ ދާދި ފަހުން އެމްޑީޕީން ބޭއްވި ބޭއްވި ގއ. ވިލިނގިލި ދާއިރާގެ ރައީސް ކަމުގެ ބައި-އިލެކްޝަންގައި ވާދަކޮށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ދާއިރާ ރައީސް ކަމުގެ ގޮނޑި ހުސައިން ކާމިޔާބު ކުރީ މިދިޔަ ދެ ދައުރުގައި އެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރި ސައުދު ހުސައިންއާ ވާދަކޮށްގެންނެވެ.