Advertisement

‏ޑިސްކޯޑްގެ ވެރިޔާ ސީއީއޯގެ މަގާމުން އިސްތިއުފާ ދެނީ

25 އޭޕްރީލް 2025 - 13:30 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ޑިސްކޯޑަކީ އީސްޕޯޓްސް ދާއިރާގައި މިލިއަނެއްހާ ޔޫޒަރުން ބޭނުންކުރަމުންދާ ޕްލެޓްފޯމެއް --


‏ޑިސްކޯޑްގެ ވެރިޔާ ސީއީއޯގެ މަގާމުން އިސްތިއުފާ ދެނީ

25 އޭޕްރީލް 2025 - 13:30 0

‏އީސްޕޯޓްސް ދާއިރާގައި ބޭނުންކުރާ އެންމެ މުހިންމު މުވާޞަލާތީ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމުގައިވާ ‏‏ޑިސްކޯޑްގެ ބާނީ ޖޭސަން ސިޓްރޮން، ކުންފުނީގެ ސީއީއޯގެ މަގާމުން އަންނަ ހަފްތާގައި އިސްތިއުފާ ދޭނެކަން ހާމަކޮށްފި އެވެ.

‏މިދިޔަ ހަފްތާގައި ޑިސްކޯޑްގެ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ޖޭސަން ސިޓްރޮން ވިދާޅުވެފައިވަނީ 28 އޭޕްރިލް ‏‏އިން ފެށިގެން ހިއުމާމް ސަކްނީނީ ސީއީއޯގެ މަގާމާ ހަވާލުވަޑައިގަންނަވާނެ ކަމަށެވެ. އީސްޕޯޓްސް އިންޑަސްޓްރީއަށް ‏‏މުހިންމު ބަދަލެއް ގެނެސްދޭނެ މި ބަދަލާއެކު، ސިޓްރޮން ޑިސްކޯޑްގެ ޑިރެކްޓަރުންގެ ބޯޑުގައި ހުންނަވަން ‏‏ނިންމަވާފައިވާ އިރު، އަލަށް ސީއީއޯގެ ލަފާދޭ މަޤާމެއްވެސް ފުރުއްވާނެއެވެ‏‎.‎

‏ސަކްނީނީއަކީ އީސްޕޯޓްސް ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެކެވެ. އެކްޓިވިޝަން ބްލިޒާޑްގެ ޗީފް ‏‏ސްޓްރެޓެޖީ އޮފިސަރެއްގެ ގޮތުން، އޯވަރވޮޗް ލީގް، ކޯލް އޮފް ޑިއުޓީ ލީގް އަދި ވޯލްޑް އޮފް ވޯކްރާފްޓް އީސްޕޯޓްސް ‏‏މުބާރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާފައިވެއެވެ. އޭނާއަކީ ކިންގްގެ ސީއެފްއޯ އަދި ފަހުން ޕްރެޒިޑެންޓްގެ މަޤާމްވެސް ‏‏ފުރުއްވާފައިވާ ބޭފުޅެކެވެ. އެއަށްފަހު 2023 ޑިސެމްބަރާ ހަމައަށް އެކްޓިވިޝަން ބްލިޒާޑްގެ ވައިސް ޗެއަރމަންގެ ‏‏މަޤާމްވެސް ފުރުއްވާފައިވެއެވެ‏‎.‎

‏ޑިސްކޯޑަކީ އީސްޕޯޓްސް ޓީމްތަކުގެ މުވާޞަލާތު، ޓްރެއިނިންގ އަދި ސްޓްރެޓަޖީ ބައްދަލުވުންތަކަށް މުހިންމު ‏‏ޕްލެޓްފޯމެކެވެ. މީގެ އިތުރުން ގިނަ އީސްޕޯޓްސް ޖަމާޢަތްތަކުގެ ރަސްމީ ކޮމިއުނިޓީ ސާރވަރުތައް ހިންގަނީވެސް ‏‏ޑިސްކޯޑް މެދުވެރިކޮށެވެ. އެހެންކަމުން، މި ލީޑަރޝިޕް ބަދަލާއެކު ޑިސްކޯޑުން އީސްޕޯޓްސް ދާއިރާއަށް ދޭ ‏‏އަހައްމިއްޔަތުކަން އިތުރުވާނެކަމަށް ގިނަ ފަރާތްތަކުން އުންމީދުކުރެއެވެ‏‎.‎

‎"‎‏ޑިސްކޯޑްއަކީ ގޭމިންގ އަދި އީސްޕޯޓްސް އީކޯސިސްޓަމްގެ މުހިންމު ބައެއްގެ ގޮތުގައި މިލިއަނުން ގިނަ ‏‏ކުޅުންތެރިންނާއި، ޑިވެލޮޕަރުން އަދި ޕްރޮފެޝަނަލް ޓީމްތައް ބަރޯސާވާ ޕްލެޓްފޯމެކެވެ، އަޅުގަނޑު އުންމީދުކުރަނީ ‏‏ސްޓޭން އަދި ޑިސްކޯޑްގެ ޓީމާއެކު ބިޒްނަސް ކުރިއަރުވައި، ކުންފުނީގެ މައި މިޝަނަށް އަމާނާތްތެރިކަމާއެކު ‏‏މަސައްކަތްކުރުމަށެވެ. އަޅުގަނޑުމެން އަދިވެސް މިތިބީ މުނިފޫހިފިލުވުމުގެ ދާއިރާގައި ގޭމިންގ ގެންނަ ބަދަލުތަކުގެ ‏‏ފެށުމުގައެވެ. އަދި ޑިސްކޯޑްއަކީ މި މުސްތަޤްބަލުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްލެޓްފޯމެކެވެ‏‎."‎‏ ސަކްނީނީ ‏‏ވިދާޅުވިއެވެ.‏

‏ޑިސްކޯޑްގެ މި ބަދަލާއެކު، ކުންފުނިން ޕަބްލިކް ކުންފުންޏަކަށް ބަދަލުވުމުގެ މަސައްކަތް އަވަސްވާނެކަމަށް ބެލެވެއެވެ. ‏‏މީގެ ސަބަބުން އީސްޕޯޓްސް ދާއިރާގައި ޑިސްކޯޑް ޕްލެޓްފޯމް އިތުރަށް ޚާއްޞަކުރެވި، އީސްޕޯޓްސް ޓީމްތަކަށާއި ‏‏ބްރޯޑްކާސްޓަރުންނަށް ޚާއްޞަ ފީޗަރތައް ތަރައްޤީކުރެވޭނެކަމަށް މާހިރުން ދެކެއެވެ‏‎.‎

‏ޑިސްކޯޑްގެ ބާނީ ސިޓްރޮން އެ ޕްލެޓްފޯމްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައިވާއިރު، ޑިސްކޯޑް މިހާ ކާމިޔާބު ‏‏ވެފައިވަނީ އެންމެހާ މުވައްޒަފުންގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ކުންފުނިން ކުރާ ކަންތައްތަކާއި، ‏‏ތަރައްޤީކުރާ ޕްރޮޑަކްޓްތަކުގައި މުވައްޒަފުންގެ ހިތްވަރާއި ބުރަ މަސައްކަތް ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ. މި ‏‏ބަދަލާއެކު ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ކާމިޔާބީތައް ލިބޭނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އޭނާ ‏‏ފާހަގަކުރެއްވިއެވެ.‏