Advertisement

ލައިޓް ބީމް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދޭ ޓެކްނޮލޮޖީއެއް ގޫގުލްއިން ތަރައްގީ ކުރަނީ

2 މާރިޗު 2025 - 09:18 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ގޫގުލްގެ މައި ލޯގޯ -- ފޮޓޯ: ގެޓީއިމޭޖްސް


ލައިޓް ބީމް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދޭ ޓެކްނޮލޮޖީއެއް ގޫގުލްއިން ތަރައްގީ ކުރަނީ

2 މާރިޗު 2025 - 09:18 0

ލައިޓް ބީމް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދޭ ޓެކްނޮލޮޖީއެއް ގޫގުލްއިން ތަރައްގީ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ "އެކްސް" ލެބުން "ޓާރާ" ނަމަކަށް ކިޔާ އައު ޓެކްނޮލޮޖީއެއް ތަރައްގީކުރަމުންދާ ކަމަށް ހާމަކޮށްފައި ވާއިރު، މި ޓެކްނޮލޮޖީއަކީ އަލީގެ ބީމްތައް ބޭނުންކޮށްގެން މަތީ ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދެވޭނެ ގޮތެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

ގޫގުލްއިން ހުކުރު ދުވަހު އިއުލާންކުރި އައު "ސިލިކޮން ފޮޓޮނިކް ޗިޕް" އަކީ ވައިގެ ތެރެއިން ޑޭޓާ ފޮނުވުމަށް ބޭނުންކުރާ އަލީގެ ބީމްތައް ކޮންޓްރޯލްކޮށް، ޓްރެކް ކުރެވޭނެ ޗިޕެއް ކަމަށް އެކުންފުނިން ބުނެ އެވެ. މި ޗިޕް އިންސާނެއްގެ ނިޔަފަތީގެ ސައިޒަށްވުރެ ބޮޑެއް ނޫނެވެ.

ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި ޓާރާ މަސައްކަތްކުރާ ގޮތަކީ ފައިބަ އޮޕްޓިކް ކޭބަލްތަކާ ދާދި އެއްގޮތަކަށެވެ. ނަމަވެސް ތަފާތަކީ، ރޭޑިއޯ ވޭވްގެ ބަދަލުގައި އަލި ބޭނުންކޮށްގެން މައުލޫމާތު ބަދަލު ކުރެވޭ ނިޒާމަކަށް ވުމެވެ. މި ޓެކްނޮލޮޖީއިން 20 ޖީބީޕީއެސް ސްޕީޑްގައި ޑޭޓާ ފޮނުވިދާނެ އެވެ. އަދި އަލީގެ ދޯދިތައް 12 މޭލުގެ ދުރުމިނަށް ފޮނުވިދާނެ ކަމަށް ވެސް ބުނެއެވެ.

ޓާރާ ޕްރޮޖެކްޓްގެ ވެރިޔާ މަހޭޝް ކްރިޝްނަސްވާމީ ބުނާ ގޮތުގައި މި ޓެކްނޮލޮޖީއިން ސްޓާލިންކާ އަޅާބަލާއިރު 100 ގުނަ އިތުރު ބޭންޑްވިތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި މި ހިދުމަތް ސްޓާލިންކަށްވުރެ ވަރަށް ބޮޑުތަން އަގުހެޔޮވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުން މިހާރު ވެސް 12 ގައުމެއްގައި ޓާރާ ޓެކްނޮލޮޖީ ވަނީ ބޭނުންކުރަން ފަށައިފަ އެވެ. އަދި ކޮއަޗެލާ މިއުޒިކް ފެސްޓިވަލްގައިވެސް ފޯނު ނެޓްވާކްތައް ސަޕްލިމެންޓްކުރުމަށް މި ޓެކްނޮލޮޖީ ބޭނުންކޮށްފައިވެ އެވެ.

ބައެއް މާހިރުން ދެކޭގޮތުގައި ރޭޑިއޯ ފްރީކުއެންސީ ބޭންޑްތައް ހުސްވަމުންދާތީ، މުސްތަގުބަލުގެ އިންޓަނެޓަށް މިފަދަ ޓެކްނޮލޮޖީއެއް ވަރަށް މުހިންމުވާނެ އެވެ.