28 ފެބުރުވަރީ 2025 - 10:28 0
އަމަން ހަލީމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ: ބޭންކުތަކަށް މާރުކުރާ ފައިސާގެ ބަޔެއް މާރުކުރަން ޖެހެނީ އެމްއެމްއޭއަށް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
28 ފެބުރުވަރީ 2025 - 10:28 0
ވިިޔަފާރިތަކަށް ލިބޭ ޑޮލަރުން ބަޔެއް މާރުކުރަން މަޖުބޫރުކޮށްފައިވާ ބޭރު ފައިސާގެ ގާނޫނުގެ ދަށުން ހެދި އާ ގަވާއިދުގައި, އެ މަހެއްގައި މާރުކުރަން ޖެހޭ އަދަދުން ޑޮލަރުން އަދާކުރަން ޖެހޭ ޓެކްސްތަކާއި ސާވިސް ޗާޖު އުނިކުރަން ފަސޭހަކޮށްދީފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓުކޮށްފައިވާ "ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދު" ގައި, ކުރީގެ ގަވާއިދަށް ވުރެ ތަފުސީލުކޮށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކާއި މީހުންނަކީ ކޮބައި ކަމާއި ޑޮލަރު މާރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
އާ ގަވާއިދުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ, މީލާދީ މަހެއްގެ "ބޭރު ފައިސާގެ ގްރޮސް ޕްރޮސީޑްސް" ހިސާބުކުރުމުގައި އުނިކުރެވޭ އިލްތިޒާމުތަކަށް ގެނައި ބަދަލެވެ. މިހާރު ގަވާއިދުގައި އޮތީ މާރުކުރާ އަދަދު ހިސާބުކުރާއިރު, ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ސާވިސް ޗާޖު އުނިކުރެވެ އެވެ.
ކުރިން ގަވާއިދު އޮތް ގޮތުން ވެސް އެމްއެމްއޭއަށް ހުށަހަޅައިގެން, އެ އިދާރާއިން ހުއްދަ ދިނުމުން މި ބައިތައް އުނިކުރުމުގެ ފުރުސަތު އޮތެވެ. މިހާރު އޮތް ގޮތުން, އިތުރު ހުއްދަ ހޯދުމަކާ ނުލައި, މާރުކުރަން ޖެހޭ އަދަދު ހިސާބުކުރުމަށް ވިޔަފާރިތަކަށް ފަހިވެގެންދާނެ އެވެ.
އެހެން ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ރަށްރަށުގައި ހުންނަ ހޯމްސްޓޭތައް ވެސް ހިމެނުމެވެ. ކުރިން ގަވާއިދު އޮތް ގޮތުން ހޯމްސްޓޭތައް ޑޮލަރު މާރުކުރުމުން އިސްތިސްނާ އެވެ.
ގަވާއިދުން ފާހަގަކޮށްލެވޭ އިތުރު ބަދަލުތައް
ޑޮލަރު މާރުކުރުމުގައި ކުރިން އަމަލުކުރަމުން އައި ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ޑޮލަރު މާރުކުރީ މިދިޔަ މަހުގަ އެވެ. އެ މަހުގެ ތެރޭގައި ރިސޯޓުތަކުން އެކަނި ވެސް 50 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment