28 ފެބުރުވަރީ 2025 - 07:03 0
28 ފެބުރުވަރީ 2025 - 07:03 0
މިލާން (ފެބްރުއަރީ 28) - އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން 2-1 އިން ބަލިވެ، ލީގުގެ ގަދަ ހަތަރެއްގައި ނިންމަން ކުރާ މަސައްކަތުގައި އޭސީ މިލާނަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.
ލީގުގެ ހަތަރެއްގައި މި ވަގުތު އޮތް ޔުވެންޓަސް އަށް 26 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ ނަތީޖާއާ އެކު، މިލާން އަށް ވަނައިގައި އޮތީ 26 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ބޮލޯނިއާ އަށް 26 މެޗުން 44 ޕޮއިންޓް ލިބިފައިވެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބޮލޯނިއާ އިން ލީޑުނެގޭތޯ ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް، މިލާނުގެ ކީޕަރު މައިކް މަިއންގްނޯން ކައިރިން އެ ފުރުސަތުތަކުގެ ބޭނުންހިފައި ގޯލެއް ޖެހޭގޮތެއްނުވި އެވެ. މިލާނުން ވަނީ މެޗުގެ 43 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ލީޑުނަގައިފަ އެވެ. މިއީ، ބޮލޯނިއާ ޑިފެންސް ފަަހަތުން ބޯޅަ ހޯދައި، ރަފައެލް ލެއާއޯ ޖެހި ގޯލެކެވެ. މިއީ، ބޮލޯނިއާގެ ކީޕަރު ލޫކަސް ސްކޮރުޕްސްކީ ކައިރިން ނައްޓާފައި ލެއާއޯ ޖެހި ގޯލެކެެވެ.
ދެ ވަަނަ ހާފުގެ ކުޅުން ފަށައި، ތިން މިނިޓް ތެރޭ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައި، ބޮލޯނިއާގެ ފޯވާޑް ސަންޓިއާގޯ ކާސްޓްރޯ ވަނީ ނަތީޖާ ހަަމަހަަމަކޮށްފަ އެވެ.
މިލާނަށް އަލުން ލީޑުނަގައިދޭން ޔޫނުސް މޫސާ ޖެހި ބޯޅަ ކީޕަރު ސްކޮރުޕްސްކީ ވަނީ މަތަކޮށްފަ އެެވެ.
މެޗުން ބޮލޯނިއާ މޮޅުކޮށްދިން ލަނޑު ޖެހީ، 82 ވަނަ މިނިޓްގައި، ޑޭން އެންޑޯންޔޭ އެވެ. މިއީ، އޭރިއާތެރެއިން، ލިބުނު ފުރުސަތެއްގައި އެންޑޯންޔޭ ޖެހި ގޯލެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment