Advertisement

ފްލެޓު ލިސްޓުގައި ކުރިން ހިމެނުނު ގިނަ މީހުން ބާކީކޮށް ލިސްޓު ނެރެނީ

27 ފެބުރުވަރީ 2025 - 08:15 5

މުހައްމަދު ޝަހްޒާން

މ

Advertisement

ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް


ފްލެޓު ލިސްޓުގައި ކުރިން ހިމެނުނު ގިނަ މީހުން ބާކީކޮށް ލިސްޓު ނެރެނީ

27 ފެބުރުވަރީ 2025 - 08:15 5

Advertisement

Advertisement

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ފްލެޓު ލިބޭނީ 1,820 މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ފްލެޓު ލިސްޓު އިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ މިއަދު އިއުލާނު ކުރާ ފްލެޓު ލިސްޓުގައި ހިމެނޭނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓުގައި ފުރަތަމަ 4,000 ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަމަށެވެ.

Advertisement

އެގޮތުން ފްލެޓު ޝަރުތު ހަމަވެގެން ފްލެޓު ލިބެނީ 1820 މީހުންނަށް ކަމަށާއި 3119 މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު:

  • ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުން

Advertisement

  • ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3,721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށް ފަހު 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށް
  • ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1,218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށް

މުއްތަލިބު ވިދާޅުވީ މިއަދު އިއުލާނު ކުރާ ފްލެޓު ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އަދި ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާ މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ލިބިގެންދާނެ ކަމަށް އެނާ ވިދާޅުވި އެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަވަވުމުން، ޝަކުވާތަކަށް ބެލުމަށްފަހު ފުރަތަމަ 4000 ފްލެޓުގެ ތެރެއިން ބާކީ ހުންނަ ފްލެޓުތައް ދޫކުރާނީ ފްލެޓަށް އެދި ހުށަހަޅާފައި ދެން ތިބި މީހުންގެ ފޯމުތައް އިވެލުއޭޓު ކުރުމަށްފަހު ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހަސަން

16 days ago

ސިޔާސީ މީހުންގެ ކަމަކީ ރައްޔިތުން ގަނަތެޅުވުން، ކޮންމެ ސަރުކާރަކުން ވެސް ހަމަ މިހެނ ހަދަނީ. އެކަމަކުވާ ތި ލިޔެފަ އޮތް ސުރުހީ އާ ހަބަރު ތަފްސީލާ ދިމާނުވޭ. މި ގައުމު ހަލާކު ކުރުމުގަ ނޫސްވެރިންނާ ސިޔާސީ މީހުން އެއްވަރަށް ބައިވެރިވޭ.

ދިދަ ދަނޑި

16 days ago

ބާކީ ކޮށްފައެއް ނޫން.. ދޮގު މައުލޫމާތާ ދޮގު ލިޔުން ހުށަހެޅި މީހުންގެ ނަންތައް ނުލާ ވާހަކަ އެބުނީ.. ރަށުން ހަމަ ފުންމާލާގޮތަށް ކައުންސިލާ ގުޅިގެން ދޮގު ލިޔުން ލައިގެން އިރެއްގަ ކަންކަން ވިޔަސް އަބަދަކު ނުވާނެ..

ޙަސަން އަޙްމަދު

16 days ago

ބާކީ ކޮށްފަ ހަމަ. ކަލޭ ކޯޗެއް އެނގިގެން ތިއުޅެނީ؟ މި ސައިތާނުގެ ކިބައިން ގައުމު ސަލާމަތްކުރައްވާށި


ހުސެން803

16 days ago

ފޯމްލީއެންމެ ފޯމްތައް ބަލައިގެން ނޫނީ މިހާރު ތިރުތުހަމަވީ މީހުންނަށް އިސްކަންދޭނެ ތަރުތީބެއް ނޭގޭނެއެވެ. އެތައްބައެއްގެ ފޯމްތައްވަނީ ބަދަލުކޮށް ފޮއިންޓް ދިނުމުގައި އޮޅުވާލާފައެވެ. އަޅުގަނޑުމިއީ 5 މީހުންގެ އާއިލާއެއް އެކަމަކު ފާހާނާ ބޭނުން ކުރާކަމަށްއިނީ 3 މީހުންނަށް ކަމަށް ހަދާ ފޮއިންޓް އުނިކޮށްފައި، މިހެން އެތައް ބައެއް ހުންނާނެއެވެ. އެކަމަކު މިވީގޮތުން އިންސާފް މިއޮތީ ގެއްލިފައެވެ.

ސައިޚް

16 days ago

ސަރުކާރު ބަދަލު ވުމުން އެނގުނު ތިލިސްޓް ކުރިން އޮޅާލިގޮތަށް އޮޅާލާނެކަން. ފުލެޓުވަގު ވެރިކަމެއްގަ ހިޔާފުލެޓް ބެހިގޮތަށް ބަހާލާނެކަން އެނގޭ، އެހެން ޕާރޓީއެއްގެ މީހަކަށް ފުލެޓް ނުދޭނެކަން އެނގޭ،