26 ފެބުރުވަރީ 2025 - 08:24 0
26 ފެބުރުވަރީ 2025 - 08:24 0
ބާސެލޯނާ (ފެބްރުއަރީ 26) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން ފަހު ވަގުތު ލަނޑު ޖަހައި ބާސެލޯނާއާ 4-4 އިން އެއްވަރުކޮށްފި އެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ 50 ސިކުންތު ތެރޭގައި ހޫލިއަން އަލްވަރޭޒް ވަނީ އެތުލެޓިކޯ އަށް ލީޑުނަގައިދީފަ އެވެ. އަދި ފަސް މިނިޓް ފަހުން، ކުރިން ބާސެލޯނާ އަށް ކުޅުނު، އަންޓުއާން ގްރީޒްމާން ވަނީ ގޯލެއް ޖަހައި، އެތުލެޓިކޯގެ ލީޑުފުޅާކޮށްދީފަ އެވެ.
ފުރަަތަމަ 21 މިނިޓްގެ ކުޅުން ނުނިމެނިސް ބާސެލޯނާ އިން ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައި އެއްވަރުކުރި އެވެ. އެ ގޮތުން، މެޗުގެ 19 ވަނަ މިނިޓްގައި ޕެޑްރީ ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހިއިރު، އޭގެ ދެ މިނިޓް ފަހު، ޕައު ކުބަރްސީ ވަނީ ގޯލު ޖަހައި އެއްވަރުކޮށްދީފަ އެވެ.
ބާސެލޯޯނާ އިން ފުރަތަމަ ހާފު ނިމުމުގެ ހަތަރު މިިނިޓް ކުރިން ނަތީޖާ އަނބުރާލީ އިނީގޯ މާޓީނޭޒް ޖެހި ގޯލުންނެވެ. އަދި މެޗުގެ 74 ވަނަ މިނިޓްގައި ލަމީން ޔަމާލް ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ ލަނޑު ޖަހައި، ބާސެލޯނާގެ ލީޑުފުޅާކޮށްދިނެވެ.
އެކަމަކު، މެޗުގެ 84 ވަަނަ މިނިޓްގައި މާކޯސް ލޮރެންޓޭ ވަނީ ލަނޑެއް ޖަހައި، އެތުލެޓިކޯ އަށް އުންމީދެއް ހޯދައިދީފަ އެެވެ. އަދި އެ ހިތްވަރުގައި ކުރިއަށްގޮސް، އިތުރު ވަަގުތުގެ ތިން ވަަަނަ މިނިޓްގައި އަލެކްސަންޑަ ސޯލޯތު ވަނީ ގޯލެއް ޖަހައި އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ.
މި ދެ ޓީމު މެޗު ކުޅޭ ދެ ވަނަ ލެގު އެތުލެޓިކޯ ދަނޑުގައި އޮންނާނީ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެެވެ.
Comment