ރާއްޖެއިން ބޭސް ލިބުމަށް ދަތިވަނީ "މެޑިކަލް މާފިއާ"ގެ ސަބަބުން ކަމަށް ރައީސް ވިދާޅުވެއްޖެ

24 ފެބުރުވަރީ 2025 - 17:38 4


ރާއްޖެއިން ބޭސް ލިބުމަށް ދަތިވަނީ "މެޑިކަލް މާފިއާ"ގެ ސަބަބުން ކަމަށް ރައީސް ވިދާޅުވެއްޖެ

24 ފެބުރުވަރީ 2025 - 17:38 4

ރާއްޖޭގެ ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެ އެތައް ބަޔަކު ތަކުލީފުތަކެއް އުފުލަން ޖެހުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ބޭސް މަދުވެ ރާއްޖެ ބޭހަށް ޖެހުނީ އެ ވިޔަފާރި ކުރާ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތުހުމަތު ކުރައްވައިފި އެވެ.

މިރޭ ދ. މީދޫގައި ވާހަކަ ދައްކަވަމުން މިފަހުން ދިމާވެގެން އުޅޭ ބޭހުގެ ދަތިކަމަކީ އެ ވިޔަފާރި ކުރާ އަމިއްލަ ވިޔަފާރިތަކުން ރާވައިގެން ރައްޔިތުންނަށް ދަތިކުރަން ކުރި ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން "މެޑިކަލް މާފިއާ" އިން ކުރި ކަމެކެވެ.

"ޓެކްސް ފައިސާއިން ބޭހުގެ ވިޔަފާރި ކުރާ އެތައް ބަޔަކު ދިޔައީ ފައިސާ ނަގަމުން. 1000، 2000 ޕަސެންޓު ޕްރޮފިޓް. އެއީ ބޮޑު އިސްރާފެކޭ. އެހެންވެ އެކަން އަޅުގަނޑުމެން ހައްލު ކުރީ. ޕްރައިސް ކަޓް ޑައުން ކުރީ. އެސްޓީއޯ ރޭޓަށް ތިރިކުރީ. ތިރި ކުރީމައި ބޭސް ގަންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމައި ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ،" ރައީސް ވިދާޅުވި އެވެ.

އެ ކަމާ ގުޅިގެން ފިނޭންސްގެ ހާއްސަ އެހީތެރިކަމަކާ އެކު އެސްޓީއޯއިން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ރައީސް ހާމަކުރެއްވި އެވެ.

"މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް ނުދޭނަން. އަޅުގަނޑުމެން މި ދަނީ ހުރިހާ ބޭހެއް، އެއީ އެމްއެފްޑީއޭ އެޕްރޫވުޑް ލިސްޓުގައި ހުރި ހުރިހާ ބޭހެއް. އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް 15 މާޗާ ހަމައަށްދާއިރު ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން ހުރިހާ ބޭހެއް އެއްވެސް ކަންބޮޑުވުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެޕްރޫވްޑް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އޭގެ އެއް މަސް ދުވަސް ފަހުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން ބޭސް ހޯދުމުގައި ދަތިތަކެއް ކުރިމަތި ނުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާ ވިޔަފާރިވެރިޔަކު ވެސް އެއް އަހަރު ދުވަސް ފަހުން އޮޑިދޯނިފަހަރު ބަންނަ މަންޒަރު ފެންނަ ކަމަށޤ ވިދާޅުވެ އެ ވިޔަފާރި ކުރާ މީހުންނަށް ރައީސް މިރޭ ފާޑުވިދާޅުވި އެވެ.

50.00%

50.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ތެފައާސާ.

about 2 months ago

ވެރިކަމުގައި އަހަރަކަށްވުރެން ގިނަދުވަސްވެގެން ދިއައިރު ތިކަން ހައްލުނުކޮށް އަމުދުން ތިވާހަކަވެސް ނުދައްކަވާ ހުންނެވީ އަނެއްކާ ކޮން މާފިއާއެއްގެ ސަބަބުންތޯ؟؟

ސޮހޮލު

about 2 months ago

މެޑިކަލް މާފިއާ ނެތެކޭ ނޫން. އެކަމަކު މީނަޔަށް ބައި އެޅޭ ގޮތަށް ނެތް ކޮންމެ އެއްޗެއް ވާނީ މާފިއާ އަކަށް. އެހެން ނޫނީ މީނަ އަޑީގަ ހުރެގެން ދިވެހިން ދެކެމުން ދާ ދުވަހު ކުލި ވިޔަފާރިއާ އަދި އެ ނޫން ހުރިހާކަމެއް ވަނީ ޚިދުމަތަށް.

ާއަހަންމައިދީ

about 2 months ago

ކިީއްވެތޯ ދެތިން މަހުން ސަރުކާރުގެ އިސްވެރިން މުއްސަނދިވެގެން ގެސްޓުހައުސް އަޅާ ފުލެޓު ގންނަ ވާހަކަ ނުދައްކަނީ؟

ޙ. ޙުސައިން

about 2 months ago

ބޭސްދޫކޮށް އަހަރަކަށްވުރެ ގިނަދުވަހު ސަރުކާރުން ފައިސާނުދީ ހިފަހައްޓަންޏާ ވިޔަފާރި ފުނޑޭނެކަން ރައީސަށް އެނގި ވަޑައިގަންނަވަން ޖެހޭ. އެއްވެސް މީހަކަށް މަތީން ފައިސާވެހެނީކީނޫން.