24 ފެބުރުވަރީ 2025 - 06:53 1
އަހުމަދު އާއިދު
ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ، ފަހަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
24 ފެބުރުވަރީ 2025 - 06:53 1
ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަަތައް ކުޑަކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ރައީސްއަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުން ފާސްކުރީ މާލިއްޔަތު ކޮމިޓީން މި މައްސަލަ ބަލާ ފާސްކުރި ގޮތަށެވެ. ކޮމިޓީ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު އެއްވެސް މެންބަރަކު ވޯޓުގައި ބައިވެރި ނުވެ އެވެ.
މުސާރަތައް ކުޑަކުރުމަކީ ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދެ އަހަރުގެ މުއްދަތަށް އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ. މިއީ މި އަހަރަށް ފާސްކުރާ ބަޖެޓާއެކީ ގެންނާނެ ބަދަލުތަކެއް ކަމަށް ވިދާޅުވެ ރައީސް އިއުލާންކުރެއްވި ފިޔަވަޅެކެވެ.
ނަމަވެސް ބަޖެޓު ފާސްކުރިތާ އެތައް މަހެއްފަހުން އިސްލާހީ ފިޔަވަޅުތައް މަޖިލީހުން ފާސްކުރަން އެމަނިކުފަނު ހުށަހެޅުއްވީ މި މަހުގެ ތެރޭގަ އެވެ.
މަޖިލީހުގެ ރުހުން ހޯދަން އައި ހުށަހެޅުމުގައި މުސާރަތަކާ ގުޅޭ ގޮތުން އޮތީ މައިގަނޑު ތިން ކަމެކެވެ. އެއީ:
މައްސަލަ ދިރާސާކުރަމަށް ބޭއްވި ބައްދަލުވުންތަކުގައި މި މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ މައިގަނޑު ކަންބޮޑުވުމަކަށްވީ, މި ބަދަލުތައް ގެންނަން ގިނަ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހުމެވެ. ކޮމިޓީގައި ރިޕޯޓު އިއްވި މަމްދޫހު ވިދާޅުވީ, މި ގޮތަށް ގެންނަ ބަދަލެއް އިންސާފުވެރި ވާނެ ކަމަކަށް ކޮމިޓީގެ މެންބަރުން ނުދެކޭ ކަމަށެވެ.
ކޮމިޓީން ނިންމީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ނޫނީ މުސާރަތައް ކުޑަނުކުރެވޭނެތީ, މި ވަގުތަށް މުސާރައަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަ ނުފެންނަ ކަމަށް ރައީސްއަށް ލަފާދިނުމަށެވެ. މަޖިލީހުން ފާސްކުރީ އެގޮތަށެވެ.
މީގެއިތުރުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ދެންވެސް ހުރި އެއްކޮލެވޭނެ މިނިވަން މުއައްސަސާތައް އެއްކޮށްލައިގެ ހަރަދުކުޑަކުރުމަށް މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓުގަައި ބުނެފައިވެ އެވެ.
އަދި، ހަރަދުކުޑަކުރުމާއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށްވެސް މަޖިލީހުން ރައީސަށް ވަނީ ލަފާދީފަ އެވެ.
މި އަހަރާއި އަންނަ އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމަވާ، އެކަން ހާސިލްކުރުމަށް ސިޔާސަތުތަކެއް ރައީސް މުއިއްޒު އިއުލާނުކުރެއްވީ އޮކްޓޯބަރު 23، 2024 ގަ އެވެ.
އޭގެ ފަހުން 109 ދުވަސް ފާއިތުވެފައިވާއިރު ނޮވެމްބަރު 27، 2024 ގައި މިއަހަރުގެ ބަޖެޓު މަޖިލީހުން ފާސްކުރިއިރު މި އިސްލާހުތަކުގެ ވާހަކައެއް ދައްކާފައި ނުވެ އެވެ. ބަޖެޓު ފާސްކުރީ ބަޖެޓު ދިރާސާކުރާ ކޮމިޓީން ހުށަހެޅި ރެކޮމެންޑޭޝަންތަކެއް ވެސް އުނިކުރުމަށް ފަހު އެވެ.
އެމަނިކުފާނާށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސަންޓު އެ މުއްދަތުގައި ނުނަންގަވަން އެ ދުވަހު ރައީސް މުއިއްޒު އިއުލާނު ކުރެއްވި އެވެ. އެ ނިންމެވުމާ އެއްގޮތަށް މުސާރައަށް ބަދަލު ގެނައި ކަމެއް ސާފެއް ނޫނެވެ.
ސަރުކާރުގެ ހަރަދުތައް ބޮޑުވެ ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު ނަމަވެސް ހަރަދުތައް ދެކޮޅު ނުޖެއްސޭތީ މާލީ އިދާރާތަކުގެ ކަންބޮޑުވުން އެބައޮތެވެ. އަދި، ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ދަށްކުރި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖަލީލު
about 1 month ago
ގާސިމަކީ މިގައުމު ފުޑާލި މޭސްތިރިޔާ....މީނާގެ ކިބައިން ސަލާމަތް ވާންޖެހޭ
Comment