ހުލާސާކޮށް އިއްޔެ: ލިވަޕޫލުން ރައީސް މުއިއްޒު އަށް ސަމާލުކަމެއް ނުދިން

5 އޭޕްރީލް 2025 - 02:19 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުން ލިވަޕޫލުގެ ދަނޑުގައި : ޒިޔާރަތުގެ ފޮޓޯއެއްހާ މިންވަރުވެސް ލިވަޕޫލުން ޕޯސްޓު ނުކުރި --- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ލިވަޕޫލުން ރައީސް މުއިއްޒު އަށް ސަމާލުކަމެއް ނުދިން

5 އޭޕްރީލް 2025 - 02:19 0

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ, ޓީމު ލިވަޕޫލް އެފްސީ ގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސާ އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކްލަބުގެ ދަނޑަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯއެއްހާ މިންވަރުވެސް އެ ކްލަބުން ޕޯސްޓު ނުކުރި އެވެ.

ލިވަޕޫލްގެ ސީއީއޯގެ ދައުވަތަކަށް ކަމަށް ބުނެ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ އެޕްރީލް 1، ގަ އެވެ. ޔޫކޭއަށް ވަޑައިގެން، ޖެހިގެން އައި ދުވަހު އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ލިވަޕޫލްގެ ޓްރެއިނިން ގްރައުންޑް، އަކްސާ ޓްރެއިނިން ސެންޓަރަށެވެ. އެ ޒިޔާރަތުގެ ފޮޓޯތަ އްވެސް ޕޯސްޓުކުރީ ރައީސް އޮފީހުން އެކަންޏެވެ. ލިވަޕޫލުން ޕޯސްޓުކޮށްފައެއް ނުވެ އެވެ.

އަދި، އެ ރޭ ލިވަޕޫލްގެ ދަނޑުގައި އެ ޓީމުގެ އެންމެ ވާދަވެރި އެއް ޓީމު ކަމަށްވާ އެވަޓަންއާ ދެކޮޅަށް ކުޅުނު ލީގު މެޗަށް ރައީސް އާއި އެމަނިކުފާނާއެކު ދަތުރުގައި ބައިވެރިވި ސަރުކާރުގެ ވެރިން ވަޑައިގެންނެވި އެވެ.

މެޗުގެ ކުރިން ރާއްޖެ އިޝްތިހާރު ކުރުމަށް ފަށާފައިވާ ކެމްޕޭން ލޯންޗުކުރުން އޮންނާނެ ކަމަށް އަޑު ފެތުރުނެވެ. އެ އިވެންޓާ ގުޅިގެން ދައުލަތުގެ މީޑިއާއިން ހާއްސަ ޝޯއެއްވެސް ގެނެސްދިނެވެ. ނަމަވެސް ޝޯ ނިންމާލީ ދަނޑުގައި ރައީސް ކުރެއްވި އެއްވެސް ކަމެއްގެ މަންޒަރެއް ނުދައްކަ އެވެ.

ރައީސް އޮފީހުން ފަހުން އާންމުކުރި ފޮޓޯތަކުންނާއި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުން އެނގޭ ގޮތުގައި ރައީސް އާއި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއު, އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މެޗު ފެށުމުގެ ކުރިން ދަނޑުގެ އެއް ކައިރީގައި ތިއްބެވި އެވެ.

ދެ ޓީމުގެ ކުޅުންތެރިން މެޗަށް ތައްޔާރުވަމުންދިޔަ ވަގުތު އެ ތަނުގައި އެ ތިން ބޭފުޅުންނާއެކު ރައީސް މުއިއްޒު ވަނީ ފޮޓޯވެސް ނަންގަވާފަ އެވެ. ހިފަހައްޓަވައިގެން ތިއްބެވީ 'ވިސިޓް މޯލްޑިވްސް' ޖަހާފައި އިން 25 ނަމްބަރުގެ ލިވަޕޫލް ޖޯޒީ އެކެވެ. މި ފޮޓޯތަކުގެ ލިވަޕޫލުގެ އެއްވެސް އޮފިޝަލަކު، ވެރިޔަކު ބައިވެރިވެފައެއް ނުވެ އެވެ.

މީގެން އެއްވެސް ފޮޓޯއެއް، ނުވަތަ ރައީސް މުއިއްޒު އެންފީލްޑަށް ޒިޔާރަތް ކުރެއްވި ކަމެއްވެސް ލިވަޕޫލުގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓަކުން ނުވަތަ ވެބްސައިޓުގައި ވެސް އާންމުކޮށްފައެއް ނުވެ އެވެ. ފޮޓޯއެއްހާ މިންވަރު ވެސް ޕޯސްޓުކޮށްފައެއް ނުވެ އެވެ.

ރާއްޖެ އަކީ ލިވަޕޫލުގެ ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ގައުމެއް ނޫނެވެ. ލިވަޕޫލުން 2021 ގައި މޮރިޝަސް އާއެކު ލިވަޕޫލުން ވީ މިފަދަ އެއްބަސްވުމެއް ލޯންޗުކުރަން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނަތު ވެސް އެންފީލްޑަށް ވަޑައިގެންނެވި އެވެ.

އެ ޒިޔާރަތާއި ރައީސް މުއިއްޒުގެ ޒިޔާރަތާ ހުރި ތަފާތަކީ އެފަހަރު މޮރިޝަސްގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވީ ލިވަޕޫލުގެ ސީއީއޯ ބިލީ ހޯގަން ކަމެވެ. އޭނާ، ޕްރަވިންދު އާއެކު ފޮޓޯ ނަގާ، އެ ހަބަރު ލިވަޕޫލުން އެ ކްލަބުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރުމެވެ. ޕްރަވިންދު ވަނީ އޭނާގެ ޒިޔާރަތުގައި އޭރު ލިވަޕޫލުގެ މެނޭޖަރަކަށް ހުރި ޔާގަން ކްލޮޕާވެސް ބައްދަލުކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު