Advertisement

މުބާރާތްތަކަށް ތައްޔާރުވާން ރިވައިވަލް އަށް ކޯޓު ލިބުމުގެ ދަތިކަން ކުރިމަތިވޭ

24 ފެބުރުވަރީ 2025 - 06:38 1

އައްޒާމް އަލިފުޅު

އ

Advertisement


މުބާރާތްތަކަށް ތައްޔާރުވާން ރިވައިވަލް އަށް ކޯޓު ލިބުމުގެ ދަތިކަން ކުރިމަތިވޭ

24 ފެބުރުވަރީ 2025 - 06:38 1

Advertisement

ބައިނަލްއަގުވާމީ މުބާރާތްތަކަށް އެންމެ އެކަށީގެންވާ މިންވަރަށް ތައްޔާރުވާން ބަލާއިރު، ރިވައިވަލް ސްޕޯޓްސް ކްލަބަށް ފަރިތަކުރުންތައް ކުރިއަށްގެންދަން ކޯޓު ލިބުމުގެ ދަތިކަމާ ކުރިމަތިލާން ޖެހޭ ކަމަށް ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ބުނެފި އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބާއި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންްތެރިން ދާދި ފަހުން ވަނީ ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސްގައި ކުޅެފަ އެވެ. ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖް 2025 ގެ ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު އަދި އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ވާދަކުރި އެވެ.

Advertisement

ޒަޔާން އާއި ނިބާލްގެ ޕެއާ، ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ބަލިވީ، އިންޑިއާގެ ޑިންކޫ ސިންގް އާއި އަމާން މުހައްމަދުގެ ޕެއާ އަތުން 21-10، 21-13 އިންނެވެ. އަދި އަންހެން ޑަބަލްސްގައި، ނަބާ އާއި ނަބީގެ ޕެއާ ބަލިވީ، ސްވިޒަލެންޑްގެ ލޫސީ އަމިގޭ އާއި ކެރޮލީން ރަކްލޯޒްއާ އެކު ތިން ސެޓު ކުޅެގެންނެވެ. ސެޓުތައް ދިޔައީ، 21-18، 15-21 އަދި 20-22 އިންނެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ނަޝްފާން ބުނީ، ޔޫގާންޑާ މުބާރާތުގައި، މި ފަހަރު ލިބުނީ އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށެވެ. އަދި ކުއާޓާ ފައިނަލް އިން ބަލިވުމަކީ ވެސް އެދެވޭ ކަމެއް ނޫން ކަމަށް ފާހަގަކޮށް، ނަޝްފާން ބުނީ، މެޗު ނިންމާލަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފިގެން ބަލިވެގެންވީ ކަމަށެވެ.

"މި ކަންތައްތައް ރަނގަޅު ކޮށްލައިގެން ކުރިއަށް އޮތް ތަނުގަ ބޭނުންވާ ނަތީޖާ ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް،" ނަޝްފާން ބުންޏެވެ.

Advertisement

"ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ކޯޓު ލިބުމުގެ ދަތިކަން އަދިވެސް އެބަ ދިމާވޭ. މި ލެވަލް ގެ މުބާރާތްތަކަށް ފަރިތަ ކުރުންތައް ކުރިއަށް ގެންދަން އިތުރު ކޯޓު ޓައިމް އެބަ ބޭނުންވޭ. އަދިވެސް ކޯޓު ލިބެނީ އެންމެ ގަޑި އެއްގަ ކަމަށް ވާތީ އެންމެ ފުރިހަމައަށް ފަރިތަ ކުރުންތައް ކުރިއަށް ގެންދަން ދަތިތައް ދިމާވޭ،"

ޔޫގާންޑާ މުބާރާތުގެ ސިންގަލްސް ބަޔަށް ބަލާއިރު، ފިރިހެން ސިންގަލްސްގެ ކޮލިފިކޭޝަން ބައިގައި، ހަސަން ޒަޔާންގެ ފުރަތަމަ މެޗު ވޯކްއޯވާ ވިއިރު، ދެ ވަނަ މެޗުން އޭނާ ވަނީ ތިން ސެޓު ކުޅެގެން، ޒެމްބިއާގެ ޗޮންގޯ އެޒްރާ އަތުން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 23-25، 21-06 އަދި 21-10 އިންނެވެ. ފިރިހެން ސިންގަލްސް ކޮލިފިކޭޝަންގައި، ޒަޔާން ޒަކީ ވަނީ ޔޫގާންޑާގެ ގުނަ ކުޝަލް އަތުން ތިން ސެޓު ކުޅެގެން، 14-21، 21-14 އަދި 21-11 އިން ބަލިވެފަ އެވެ. އަދި، ނިބާލް ވަނީ ފުރަތަމަ މެޗުން ޑެނިސް މުކާސާ އަތުން 21-14، 21-10 އިން މޮޅުވެފަ އެވެ. އެކަމަކު، ދެން ކުޅުނު މެޗުން، ޔޫއޭއީގެ ދޭވް ވިޝްނޫ އަތުން 21-18، 21-18 އިން ބަލިވެފަ އެވެ.

އަންހެން ސިންގަލްސްގައި ނަބީ އަތުން ތުރުކީގެ ނެސްލިހާން އަރީން މޮޅުވީ، 21-10، 21-13 އިންނެވެ. އަދި، ގަދަ 16 ބުރުގައި، އިންޑިއާގެ އިރާ ޝަރްމާ މޮޅުވީ، 21-13، 21-09 އިންނެވެ. ނަބާ ވަނީ ފުރަތަމަ މެޗުން، ޔޫގާންޑާގެ ވެރޯން ސަދާތު އަތުން 12-21، 03-21 އިންނެވެ.

ރިވައިވަލް އިން ދެން ވާދަކުރަނީ އަންނަ މަހުގެ 03 އިން 08 އަށް ކުރިއަށްދާ ސްރީ ލަންކާ މުބާރާތުގަ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އެނގޭމީހާ

about 1 month ago

ތީ ކަނޑައެޅިގެން ދޮގެއް. ބަލިވީމަ ބަހަނާ ދައްކަނީ. މާލޭ އެންމެން ވެސް އެކަޑަމީތައް ވެސް ކުޅެން އޮތް ތަނަކީ އެއީ. ބޭނުންހާ ގަޑިއަކަށް އެތަނެއް ނުލިބޭނެ. އެކަމަކު ހެނދުނު 9 ނޫނީ 10 އަކުން ފެށިގެން މެންދުރު 2 ޖަހަންދެން ތިޔަ ރިވައިވަލް އަކަށް ކޯޓުތައް އޮންނަނީ ހިތަކަށް. ބަހަނާ. ހުސް ބަހަނާ.