Advertisement

ގޭންގުތަކަށް ނިސްބަތްވާ މީހުން ކުށްކުރަން ގެންގުޅޭ 144 އުޅަނދު ޓޯކޮށްފި

22 ފެބުރުވަރީ 2025 - 11:34 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ: ގޭންގުތަކަށް ނިސްބަތްވާ މީހުން ކުށްކުރަން ގެންގުޅޭ 144 އުޅަނދު ފުލުހުން ވަނީ ޓޯކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ގޭންގުތަކަށް ނިސްބަތްވާ މީހުން ކުށްކުރަން ގެންގުޅޭ 144 އުޅަނދު ޓޯކޮށްފި

22 ފެބުރުވަރީ 2025 - 11:34 3

ގޭންގުތަކަށް ނިސްބަތްވާ މީހުން ކުށްކުރަން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ 2،394 އުޅަނދު ބަލައި ފާސްކޮށް، އޭގެ ތެރެއިން 144 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އިންސްޕެކްޓާ އޮފް ޕޮލިސް ވައްގާސް ޝަރީފް ވިދާޅުވީ ފުލުހުން ޓޯކުރި އުޅަނދުތަކުގެ ތެރޭގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވާ އުޅަނދު ވެސް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޓޯކުރެވޭ އުޅަނދުތައް ތެރޭގައި ފާހަގަކުރެވޭ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވާ ސައިކަލުތަކާއި އެކިއެކި ޖިނާއީ ކުށްތައް ކުރުމަށް ބޭނުން ކުރާ ސައިކަލުތަކާއި އަދި ހަމަ އެއާއެއްކޮށް ވަގަށް ނަގައިގެން ނުވަތަ ވަގު ބޯޑު އަޅައިގެން ދުއްވާ ސައިކަލުތައް ވެސް މީގެ ތެރޭގައި ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ވައްގާސް ވިދާޅުވީ ގޭންގުތަކަށް ނިސްބަތްވާ މީހުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް އުޅަނދުތައް ދުއްވާކަން ފާހަގަކުރެވޭތީ އަދި ޖިނާއީ އެކި ކުށްތައް ކުރުމަށް އުޅަނދުތައް ބޭނުންކުރާކަން ފާހަގަކުރެވޭތީ އެކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ގޭންގުތަކަށް ނިސްބަތްވާ މީހުން އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ޖޯލިފަދަ ތަކެތި ނަގަމުންދާކަން ފާހަގަކުރައްވާ ވައްގާސް ވިދާޅުވީ މިދިޔަ ޖުލައި މަހުން ފެށިގެން 87 އައިޓަމް ނަގާފައިވާ ކަމަށެވެ.

މީގެއިތުރުން ވަކި ސަރަހައްދަކީ ގޭންގަކަށް ނިސްބަތްވާ ސަރަހައްދެއްކަން ދެއްކުމުގެ ގޮތުން ގްރެފިޓީތައް ޖަހާފައި ހުރުމުން، އެ ގްރެފިޓީތައް ފޮހެލާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.