Advertisement

14 ކިލޯ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ޒުވާނެއް ހައްޔަރުކޮށްފި

21 ފެބުރުވަރީ 2025 - 16:41 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނާ: އޭނާ ހައްޔަރު ކުރީ ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކުރުމަށްފަހު -- ފޮޓޯ: ފުލުހުން


14 ކިލޯ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ޒުވާނެއް ހައްޔަރުކޮށްފި

21 ފެބުރުވަރީ 2025 - 16:41 2

14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 23 އަހަރުގެ އަންހެނެއް މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މަރިޔަމް ޒީނާ 23، އާހިޔާ، ހއ. ތުރާކުނު ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެއެއް ބަލައި ފާސްކުރިއިރު، ފެނުނު މަސްތުވާތަކެއްޗާއެކު ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަން ހިންގީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުނަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.