Advertisement

މައިންޑް ޗޭމްޕްސްގެ "އެކްސްޕްލޮރޭޝަން ޑޭ" މާދަމާ ހޮޓެލް ޖެންގައި، އަވަހަށް ޖާގަ ކަށަވަރު ކުރައްވާ

21 ފެބުރުވަރީ 2025 - 12:47 0

ސިންގަޕޫރުގެ މައިންޑްޗޭމްޕްސް ޕްރީސްކޫލެއްގައި ދަރިވަރުންނަށް އުނގަންނައި ދެނީ.


މައިންޑް ޗޭމްޕްސްގެ "އެކްސްޕްލޮރޭޝަން ޑޭ" މާދަމާ ހޮޓެލް ޖެންގައި، އަވަހަށް ޖާގަ ކަށަވަރު ކުރައްވާ

21 ފެބުރުވަރީ 2025 - 12:47 0

މާލޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ސިންގަޕޫރުގެ މައިންޑް ޗޭމްޕްސްގެ ޕްރީ ސުކޫލާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ "މައިންޑް ޗޭމްޕްސް އެކްސްޕްލޮރޭޝަން ޑޭ" މާދާމާ ހޮޓެލް ޖެންގައި އޮންނާނެ އެވެ.

ސިންގަޕޫރުގެ ބެލެނިވެރިންގެ މަގުބޫލްކަމާއި އިތުބާރު ހޯދާފައިވާ މައިންޑް ޗޭމްޕްސްގެ ސްކޫލެއް މާލޭގައި ހުޅުވާއިރު، އެ ސްކޫލާ ގުޅޭ އެންމެހާ މައުލޫމާތު ދިނުމަށްޓަކައި މާދަމާ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށް ހޮޓެލް ޖެންގައި ބައްދަލުވުން އޮންނާނެ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާން 7722880 އަށް މެސެޖު ކުރައްވާށެވެ.

ޕްރީ ސުކޫލު ތައުލީމަށް ހާއްސަކޮށް އިމާރާތް ކުރެވި، ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާ މި ޕްރީ ސްކޫލު ހުންނާނީ މާލޭގެ މެދުގަ އެވެ. ސްކޫލު ހުޅުވިގެން ދިޔުމުން ދިވެހިރާއްޖޭގެ ޕްރީ ސްކޫލު ތައުލީމަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށް މި ސްކޫލު ގެނައުމަށް މަސައްކަތް ކުރާ ކުންފުނިން ބުންނެވެ.

މައިންޑް ޗޭމްޕްސް ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާނީ ޑރ. އަމަތުއްﷲ ޝަކީބެވެ. ނުވަތަ ޑރ. އަމަތު ކުރިން ކިޔަވައިދެއްވި ކުދިންނާ އެ ކުދިންގެ ބެލެނިވެރިންގެ ނަމުން ނަމަ 'އަމަތު އާންޓީ' އެވެ.

މައިންޑް ޗޭމްޕްސް: ގުލޯބަލް މޫވްމަންޓް

މައިންޑް ޗޭމްޕްސް އަކީ މިވަގުތު ތުއްތު ކުދިންގެ ތައުލީމު ދިނުމުގައި އެންމެ ލީޑްކުރާ ބުރޭންޑެވެ. މައިންޑް ޗޭމްޕްސްގެ ރިސާޗް ޓީމުގެ ތެރޭގައި އެޑިޔުކޭޝަން، ސައިކޮލޮޖީ، ނިޔުރޯސައިންސް އަދި ތިއޭޓަރ އަށް ޚާއްސަ ފަރާތްތައް ހިމެނެއެވެ. މައިންޑް ޗޭމްޕްސްގެ ޗާންސަލަރ އެމެރިޓަސް ޕުރޮފެސަރ އެލަން ސިންޑަރ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ނިޔުރޯސައެންޓިސްޓެކެވެ. އަދި އެއީ މައިންޑް ޗޭމްޕްސްގެ ރިސާޗާ ޑިވެލޮޕްމަންޓުގެ އެންމެ އިސް ފަރާތެވެ.