Advertisement

ކުޅުދުއްފުށީގެ އަށް ގެއަކުން ސިހުރު ހަދަން ބޭނުން ކުރާ ފޮތާއި ލިޔެކިޔުމާއި އާލާތްތަކެއް ހޯދައިފި

20 ފެބުރުވަރީ 2025 - 15:58 0

Advertisement

ހދ. ކުޅުދުއްފުށި: ސިހުރުގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ބަލަމުން -- ފޮޓޯ: އެޓޯލްސް އޮފް މޯލްޑިވްސް


ކުޅުދުއްފުށީގެ އަށް ގެއަކުން ސިހުރު ހަދަން ބޭނުން ކުރާ ފޮތާއި ލިޔެކިޔުމާއި އާލާތްތަކެއް ހޯދައިފި

20 ފެބުރުވަރީ 2025 - 15:58 0

Advertisement

Advertisement

ހދ. ކުޅުދުއްފުށީގައި ބަޔަކު ސިހުރު ހަދާ ކަމަށް ބެލެވިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސިހުރު ހަދަން ބޭނުން ކުރާ ފޮތާއި ލިޔެކިޔުމާއި އާލާތްތަކެއް އަށް ގެއަކުން ހޯދައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ސިހުރުގެ މައްސަލަތަކެއްގެ ރިޕޯޓު ލިބުމުން ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީގެ 10 ގެއެއް މިއަދު ބަލާފައިވާ ކަމަށެވެ. އޭގެ ތެރެެއިން އަށް ގެއަކުން ސިހުރު ހަދަން ބޭނުން ކުރާ ސާމާނު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

Advertisement

"މީގެ ތެރެއިން އަށް ގެއަކުން ސިހުރު ހާހޫރާ ހަދަން ބޭނުން ކުރާ ޒާތުގެ ލިޔެކިޔުމާއި ފޮތާއި ސިހުރު ހެދުމަށް ބޭނުން ކުރާ އެކި ކަހަލަ އާލާތްތައް ފެނިގެން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލަތަކުގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމަކު، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިފަހުން ސިހުރުގެ ވަރަށް ގިނަ މައްސަލަތަކެއް ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ. ތ. ވިލުފުށީގައި ސިހުރި ހެދި ކަމަށް ބެލެވޭ މީހަކު މި މަހު ވެސް ހައްޔަރު ކުރި އެވެ.

Advertisement

އޭގެ އިތުރުން، ސިހުރު ހަދާ ކަމުގެ ރިޕޯޓެއް ލިބިގެން ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގައި މިިދިޔަ ޖެނުއަރީ މަހު ފުލުހުން އޮޕަރޭޝަނެއް ހިންގި އެވެ. އަދި ހއ. ކެލާގައި ސިހުރު ހެދި ކަމަށް ބެލެވޭ ފަސް މީހަކު ޑިސެމްބަރު، 2024، ގައި ހައްޔަރު ކުރި އެވެ.