އެމްބާޕޭގެ ހެޓްރިކުން ސިޓީ ކަޓުވާލައި ރެއާލް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް

19 ފެބުރުވަރީ 2025 - 22:38 0


އެމްބާޕޭގެ ހެޓްރިކުން ސިޓީ ކަޓުވާލައި ރެއާލް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް

19 ފެބުރުވަރީ 2025 - 22:38 0

މެޑްރިޑް (ފެބްރުއަރީ 20) - ކީލިއަން އެމްބާޕޭ ހެޓްރިކް ހަދައި، ދެ ވަނަ ލެގުގައި، 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް އެ ޓީމު ކަޓުވާލައި، ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ފުރުސަތު ހޯދައިފި އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ރެއާލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާ އަކުންނެވެ. އަދި މިރޭ ސެންޓިއާގޯ ބާނެބޮއޯގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.

މިރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ރެއާލުން ވަނީ ލީޑު ނަގައިފަ އެވެ. ޑިފެންޑަރު ރައުލް އެސެންސިއޯ ދިން ޕާހެއްގެ ބޭނުން ހިފައި ސިޓީގެ ދެ ކުޅުންތެރިންގެ ކައިިރިން ނައްޓާލުމަށްފަހު އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ.

މި ގޯލަށް ފަހު ވެސް ލީޑު ފުޅާ ކުރަން އެމްބާޕޭ އަށް ވަނީ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 33 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި ރެއާލްގެ ލީޑު ފުޅާކޮށްފަ އެވެ. މިއީ، ރޮޑްރީގޯ ދިން ޕާހެއްގައި ސިޓީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެމްބާޕޭ ގޯލުގެ ކައިރި ކަނަށް ބޮޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 61 ވަނަ މިނިޓްގައި ކާމިޔާބުކުރި ގޯލުންނެވެ. ކެޕްޓަން ފެޑޭ ވަލްވާޑޭ ދިން ބޯޅައެއްގައި ސިޓީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެމްބާޕޭ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުގައި އެޓީމަށް ޖަހައިދިނީ ނީކޯ ގޮންޒާލޭސް އެވެ.