ޓްރީ ޓޮޕްގެ "އެސްތެޓިކް" ހިދުމަތްތަކުން ދިރާގު އެލީޓް ކްލަބް ކަސްޓަމަރުންނަށް ޑިސްކައުންޓް

19 ފެބުރުވަރީ 2025 - 17:22 0

ލީވާން އަލީ ނާސިރު

ލ


ޓްރީ ޓޮޕްގެ "އެސްތެޓިކް" ހިދުމަތްތަކުން ދިރާގު އެލީޓް ކްލަބް ކަސްޓަމަރުންނަށް ޑިސްކައުންޓް

19 ފެބުރުވަރީ 2025 - 17:22 0

ދިރާގު އެލީޓް ކްލަބް ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހަންގަނޑު ރީތިކޮށް ދެމެހެއްޓުމާއި ދަތްޕިލަ ރީތިކުރުމުގެ ފަރުވާތައް ލިބޭ "އެސްތެޓިކް" ހިދުމަތްތަކުން 10 ޕަސަންޓް ޑިސްކައުންޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެ ސްކީމްގެ ދަށުން ދޭ ހަމުގެ ހިދުމަތްތަކުގެ ތެރޭގައި އިސްތަށި ނައްތާލުމާއި، ލަކުނު ފިލުވުމާއި، ޓެޓޫ ފިލުވުން އަދި ހަމުގެ ރޫ ފިލުވުން ފަދަ ހިދުމަތްތައް ހިމެނެއެވެ. އަދި ދަތްޕިލަ ރީތިކުރުމުގެ ހިދުމަތްތަކުގެ ތެރޭގައި ޑެންޓަލް ބްލީޗިން އާއި ޑެންޓަލް ޕޮލިޝިން ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެސްތެޓިކް ހިދުމަތްތައް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ފަރުވާތަކަށް ބޭނުންކުރަނީ ދުނިޔޭގެ ގިނަ އެސްތެޓިކް ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަލްމާ ބްރޭންޑްގެ "އެކްސްއެލް ހާމޮނީ ޕްރޯ" ލޭޒާ މެޝިނެވެ. އަދި އެ ފަރުވާ ފޯރުކޮށްދެނީ ހަމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓުންގެ ޓީމެއްގެ ލަފާގެ މަތިންނެވެ.

ދަތުގެ ފަރުވާތަކަށް ވެސް ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑެންޓަލް ޓީމެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި "އެސްތެޓިކް ޑެންޓިސްޓްރީ" ނުވަތަ ދަތްޕިލަ ރީތިކުރުމުގެ ފަރުވާތަކަށް ހާއްސަ ޑޮކްޓަރުންވެސް ހިމެނެ އެވެ.

ދިރާގު އެލީޓް ކްލަބަކީ، އެ ކުންފުނީގެ މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގަވާއިދުން ބިލް ދައްކާ، "ލޯޔަލް" ކަސްޓަމަރުންނަށް ފޯރުކޮށްދޭ މެމްބާޝިޕެކެވެ. އެ ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް އެކި ޑިސްކައުންޓްތަކާއި، އެހެނިހެން ހިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދެ އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމުގައި އިސް ދައުރެއް އަދާކުރާ ޓްރީ ޓޮޕްގެ އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

މިގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.