Advertisement

ސަރުކާރުން ބޭނުންވާނަމަ ގެއްލުން ނުވާނެހެން ކާޑެއްދޫ ދޫކޮށްލާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

18 ފެބުރުވަރީ 2025 - 16:20 0

އަހުމަދު އާއިދު

އ

Advertisement

ގާސިމް އިބްރާހިމް ރައީސް މުއިއްޒު އާ ބައްދަލުކުރައްވަނީ : ސަރުކާރުން ބޭނުންވާނަމަ ގެއްލުން ނުވާނެހެން ކާޑެއްދޫ ދޫކޮށްލާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ --- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުން ބޭނުންވާނަމަ ގެއްލުން ނުވާނެހެން ކާޑެއްދޫ ދޫކޮށްލާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

18 ފެބުރުވަރީ 2025 - 16:20 0

Advertisement

Advertisement

ސަރުކާރުން ބޭނުންވާނަމަ ގެއްލުމެއް ނެތް ގޮތަކަށް ގދ. ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމާމެދު ޖަދަލު ނުކުރައްވާނެ ކަމަށް އެ ރަށް ތަރައްގީކޮށް ބަލަހައްޓާ ވިލާ އެއާ ކުންފުނީގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިފަދައިން ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާ ގުޅިގެން ގާސިމް އަދި ވިލާ އެއާގެ އިސްވެރިން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ހާޒިރުކުރި ބައްދަލުވުމުގަ އެވެ.

Advertisement

"ސަރުކާރުން ބޭނުންވެގެން މިވެނިހެން އެވެނިހެން ވިދާޅުވެއްޖިއްޔާ އަޅުގަނޑުމެން މިތިބީ އެ ފަރާތަށް ރީޒަނަބަލް ގޮތަކަށް ކަމަށް ވަންޏާ. އަޅުގަނޑުމެންނަށްވެސް ގެއްލުމެއް ނެތް ގޮތަކަށް ކަމަށް ވަންޏާ އެތަން އަޅުގަނޑުމެން ދޫވެސް ކޮށްލާ ގޮތަށް މިހުރީ،" ގާސިމް ވިދާޅުވި އެވެ.

އޭނާގެ ވިސްނުމަކީ ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މި ސަރުކާރާއެކު މަސައްކަތް ކުރަމުންދާ ޖޭޕީގެ ލީޑަރު މިއަދު ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި ސަރުކާރާ ޖަދަލު ކުރަން ބޭނުންނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކާޑެއްދޫ އިންޓަނޭޝަނަލް ކުރުމަށް ކުރިމަތިވި ހުރަސްތަކުގެ ތެރޭގައި ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެ ރަށް އަތުލުމާއި ކޯޓުން ރަށް ހޯދުމަށް ކުރި މަސައްކަތް އަދި ރަށް ލިބުނުއިރު ދުނިޔޭގެ އިގުތިސޯދީ ހާލަތު އޮތް ގޮތް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

"އެކޮޅުން ހިއްކާ ރަންވޭ ހަދާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ދާން އަޅުގަނޑުމެންގެ ވިސްނުން އޮތީ. އެކަމަކު ސަރުކާރުން އިރުއިރުކޮޅުން އަޅުގަނޑުމެން އަތުން އަތުލާފަ. އިރުއިރުކޮޅުން ގޯނާކުރަންޏާ ކިހިނެތްތޯ އެކަން ކުރާނީ،" ގާސިމް ވިދާޅުވި އެވެ.

ތިނަދޫ އެއާޕޯޓު މަޝްރޫއުއާއެކު ކާޑެއްދޫ ތަރައްގީއަށް ހުރަސްތަކެއް

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ތައިލެންޑުގެ ކުންފުންޏަކާ އެކި ދިވެހި ސަރުކާރުން އެމްއޯޔޫގައި ސޮއިކުރީ ފެބުރުއަރީ 20، 2024 ގައި. އޭގެ ސަބަބުން 2022، ގައި ވިލާއިން ކާޑެއްދޫ ސާވޭކޮށް މަޝްރޫއު ހަވާލުކުރަން ގެނައި އެމެރިކާގެ އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލިގެން ދިޔަ.

ތިނަދޫ އެއާޕޯޓު މަޝްރޫއުއާއެކު ކާޑެއްދޫ ތަރައްގީއަށް ހުރަސްތަކެއް

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ތައިލެންޑުގެ ކުންފުންޏަކާ އެކި ދިވެހި ސަރުކާރުން އެމްއޯޔޫގައި ސޮއިކުރީ ފެބުރުއަރީ 20، 2024 ގައި. އޭގެ ސަބަބުން 2022، ގައި ވިލާއިން ކާޑެއްދޫ ސާވޭކޮށް މަޝްރޫއު ހަވާލުކުރަން ގެނައި އެމެރިކާގެ އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލިގެން ދިޔަ.

ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. ސަރުކާރުން ވިލާ އެއާ އާއެކު އެ އެއާޕޯޓު އޮޕަރޭޓްކުރަން ހަދާފައި އޮތް އެއްބަސްވުން އުވާލީ ސިވިލް އޭވިއޭޝަނުގެ މިންގަނޑުތަކާ ހިލާފްވެގެންކަމަށް ބުނެ ޖުލައި 18، 2017 ވަނަ ދުވަހު އެވެ.

ނަމަވެސް، ވިލާއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މެއި 10، 2021 ގައި އެ ކޯޓުން ހުކުމްކުރީ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ސަރުކާރުން އުވާލާފައިވަނީ ބާތިލް އިޖުރާއަތެއްގެ މަތިން ކަމަށެވެ. ކޯޓު ހުކުމާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓު އަލުން ވިލާއާ ހަވާލުކޮށް ސޮއިކުރީ މާޗު 1، 2022 ގަ އެވެ.

މީގެއިތުރުން، ކޮވިޑުގެ ބަލިމަޑުކަމާއި ސަރުކާރުތަކުން ގެންގުޅޭ ތަރައްގީގެ ބަދަލުވާ ސިޔާސަތުތަކުގެ ސަބަބުން މިފަދަ މަޝްރޫއުތަކަށް ހުރަސްއެޅި އިންވެސްޓަރުން ގެއްލޭކަން މިއަދުގެ ބައްދަލުވުމުގައި ވިލާގެ އިސްވެރިން ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން، މީގެ އަހަރެއް ކުރިން ގދ. ތިނަދޫ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުން އެމްއޯޔޫއެއްގައި ސޮއިކުރުމާއެކު އިންވެގެން އޮތް ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް މަޝްވަރާކުރަމުން އައި ބައިނަލްއަގުވާމީ ދެ ޑިވެލޮޕަރަކު ވާހަކަތައް ހުއްޓާލަން ޖެހުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކި ދިވެހި ސަރުކާރުން އެމްއޯޔޫގައި ސޮއިކުރީ ފެބުރުއަރީ 20، 2024 ގަ އެވެ. އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ގެންގޮސްފައި ނުވެ އެވެ.