Advertisement

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފި

18 ފެބުރުވަރީ 2025 - 14:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީއެމްއެލްއިން ކަސްޓަމަރަކަށް ހިދުމަތް ދިނުން: ބީއެމްއެލްއިން އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި -- ފޮޓޯ: ބީއެމްއެލް


އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފި

18 ފެބުރުވަރީ 2025 - 14:37 0

މި އަހަރުގެ ރޯދަ މަހު އުމްރާއަށްދާ އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ އުމްރާވެރިންނަށް ޑޮލަރު ވިއްކާނީ މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތް) ކޮންފަރެންސް ހޯލްގެ ފަސްވަނަ ފަންގިފިލާއިންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށް ބޭންކް ބަންދު ނޫން ދުވަސްތަކުގައި ކަމަށެވެ.

ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:

• ފެބުރުއަރީ 19، އިން 27 ގެ ނިޔަލަށް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް

• ފެބްރުއަރީ 2، އިން މާރިޗު، 13 ގެ ނިޔަލަށް ހެނދުނު 9:30 އިން 11:30 އަށް

އުމްރާ ގްރޫޕްތަކުން އުމްރާއަށް ދާކަން ކަށަވަރުކޮށް ފޮނުވާފައި ލިސްޓުގައި ހިމެނޭ ކޮންމެ އުމްރާވެރިއަކަށް 500 ޑޮލަރު ވިއްކާއިރު، އެއްފަހަރާ ފަސް އުމްރާވެރިންނަށްވުރެ ގިނަ ނުވާ ގޮތަށް ޑޮލަރު ގަނެވެ އެވެ.

ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަން ޖެހެ އެވެ. އަދި އުމްރާވެރިއެއްގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަ ނަމަ، އެ މީހެއްގެ އައިޑީކާޑު ވެސް ހުށަހަޅަން ޖެހޭނެ އެވެ.

އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިންދެ އެވެ.

އުމްރާވެރިންނަށް ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޑޮލަރު ގަތުމުގެ ހިދުމަތެއް ނުލިބޭނެ އެވެ. އެކަމަކު މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެންމެ ކައިރީގައި ހުންނަ ބްރާންޗުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.