18 ފެބުރުވަރީ 2025 - 13:48 1
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރާ ބަދަލުތައް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައި -- ފޮޓޯ: ރައީސް އޮފީސް
18 ފެބުރުވަރީ 2025 - 13:48 1
އާސަންދަ އިން ބޭހަށް ކުރާ ހަރަދު ކުޑަ ކުރުމަށް ނިޒާމަށް ގެންނަންޖެހޭ 11 ބަދަލެއް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސް ޑރ. މުއްހަމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެ ގޮތަށް ފާސްކުރީ މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހުގެ މައްޗަށް މިނިސްޓަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު އެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލުތައް ގެންނަން ނިންމީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ކަމަށެވެ.
1. ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
2. ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލުން.
3. އެސްޓީއޯ އިން ލިބެން ހުރި ބޭސް ފެންނާނެގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
4. މި ބަދަލަށް (ޕޮއިންޓް 3) ޑޮކްޓަރުން އަހުލުވެރިކުރުވުން.
5. އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
6. އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އުސޫލުތަކުގެ ތެރެއިން އެސްޓީއޯ އަށް ލިބޭނެ ގޮތް ހަމަޖެއްސުން. މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުން، އެސްޓީއޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް (މެނުފެކްޗަރާ) މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން.
7. މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ 4 ޖީޕީ ކްލިނިކުން އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި އެ ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
8. ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުން.
9. ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ހައްލުކުރުން.
10. އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސް.ޓީއޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
11. އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމްއެފްޑީއޭ ގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން.
އާސަންދަ މެދުވެރިކޮށް ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވުމަކީ އާންމުންގެ މެދުގައި މިވަގުތު އޮތް ބޮޑު ޝަކުވާއެކެވެ. މިގޮތުން ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް ނުލިބޭ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަލިބެ...
2 months ago
ފަހި ކުރުމާއި ފުޅާކުރުން. ދުވަހަކުވެސް ކަމެއް ވާތަނެއް ނުފެނޭ!
Comment