އެމްއައިބީ އިންޓަނެޓް ބޭންކިންއިން ވަގުތުން ޑޮލަރު މާރުކުރެވޭ ގޮތަށް އަޕްގްރޭޑު ކޮށްފި

18 ފެބުރުވަރީ 2025 - 08:37 0

ލީވާން އަލީ ނާސިރު

ލ

އެމްއައިބީ އިންޓަނެޓް ބޭންކިން އިން ވަގުތުން ޑޮލަރު މާރުކުރެވޭ ގޮތަށް ހަމަޖެއްސުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު: އެމްއައިބީން ބުނީ ޑޮލަރު މާރުކުރާއިރަށް ވަގުތުން އެ ކަސްޓަމަރެއް ބޭންކު އެކައުންޓަށް އެ ފައިސާ ޖަމާވާނެ ކަަމަށް -- ފޮޓޯ: އެމްއައިބީ


އެމްއައިބީ އިންޓަނެޓް ބޭންކިންއިން ވަގުތުން ޑޮލަރު މާރުކުރެވޭ ގޮތަށް އަޕްގްރޭޑު ކޮށްފި

18 ފެބުރުވަރީ 2025 - 08:37 0

ފަސޭހަކަމާ އެކު ޑޮލަރު މާރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންޓަނެޓް ބޭންކިން އަޕްގްރޭޑްކޮއްފި އެވެ.

އެމްއައިބީން ބުނީ ސަރުކާރުން ޑޮލަރު މާރު ކުރުމާ ގުޅޭ ގޮތުން ނެރުނު އުސޫލާ އެކު ވިޔަފާރިތަކުން ޑޮލަރު މާރު ކުރަން ޖެހިފައިވާ ދަނޑިވަޅުގައި އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ޑޮލަރު މާރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސީ ވީހާ ވެސް ލުއިފަސޭހަކޮށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

ރައްކާތެރިކަމާ އެކު ޑޮލަރު މާރު ކުރުމުގެ ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ވެސް އަދި އަމިއްލަ ފަރުދުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީން އިތުރަށް ބުނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޕޯޓަލްއަށް ވަދެ އެމްއައިބީން ލާޒިމުކުރާ މައުލޫމާތު ފުރައިގެން ޑޮލަރު މާރު ކުރުމުން، ވަގުތުން އެ މީހެއްގެ ރުފިޔާ އެކައުންޓަށް ފައިސާ ޖަމާވާނެ ކަމަށެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ބޭނުންކޮއްލަން ފަސޭހަ ރައްކާތެރި ހިދުމަތެއް. ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ މި ހިދުމަތަކީ ޑާކް މޯޑް ވެސް އެކުލެވޭ ބޭނުން ކޮއްލަން ފަސޭހަ ހިދުމަތެއް،" އެމްއައިބީން ބުންޏެވެ.

ފަވަރައާ އެކު އިންޓަނެޓް ބޭންކިން ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު، ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރު އަމިއްލައަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ހިތުމަތް ވެސް ލިބެ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި "ފުލީ ފްލެޖް" އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ހިދުމަތްތަކެއް ދެމުންނެވެ.

އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކަކީ އެމްއައިބީ ކަމަށްވާއިރު، ވަގުތުން ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންއަށް ވެސް އޮންލައިންކޮށް އެދެވެ އެވެ.