Advertisement

ހުލާސާކޮށް އިއްޔެ: ނާޒިމް ދެކޭ ގޮތުން ހާލަތު ދަނީ ގޯހުން ގޯހަށް

18 ފެބުރުވަރީ 2025 - 06:24 0


ހުލާސާކޮށް އިއްޔެ: ނާޒިމް ދެކޭ ގޮތުން ހާލަތު ދަނީ ގޯހުން ގޯހަށް

18 ފެބުރުވަރީ 2025 - 06:24 0

އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން އަޅަން ނިންމާފައިވާ އަޅަން ފަސްޖެހެމުންދާތީ, އިގުތިސޯދު ރަނގަޅުވާ ތަނެއް ނޫން ހަރަދުތައް ކުޑަކުރެވޭ ތަނެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް, ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ ވިދާޅުވި އެވެ.

ނާޒިމްގެ މި ކަންބޮޑުވުން ފާޅުކުރެއްވީ, މަހު މުސާރައިގެ ގޮތުގައި ލިބެން ޖެހޭ ޕެންޝަން ނުލިބޭ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފަކު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެން އެ ކޮމިޓީގައި ކުރި މަޝްވަރާތަކުގެ ތެރޭގަ އެވެ.

މި މައްސަލައިގައި ނާޒިމް ވިދާޅުވީ, ޕެންޝަން ދިނުމުގައި ހުރި ތަފާތުތައް ނައްތާލަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެތަކެއް އަހަރެއް ވެފައިވާއިރު, އެ މައްސަލަ ހައްލުވާ ތަނެއް ނުފެންނަ ކަަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ވެސް ލަސްވާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް މިހެން ދެންނެވީ ދައުލަތުގެ އިދާރާތަކުން އަލަށް ރިޓަޔާކުރާ މީހުންނަށް މަހުންމަހަށް ދޭ އެލަވަންސް މިދިޔަ މަހުން ފެށިގެން ކަނޑާލަން ނިންމައި, ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރުގެ ނޮވެމްބަރު 30, ގައި ނެރުއްވި ސާކިއުލާއާ ގުޅުވަ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން, މި ސާކިއުލާ އަނބުރާ ގެންނަން ފިނޭންސުން ނިންމި އެވެ. ފިނޭންސުން އެ ސާކިއުލާ އަނބުރާ ގެނައިއިރު, ޕެންޝަން ނިޒާމުގައި ހުރި ތަފާތުކުރުންތައް ނައްތާލައި, ޑަބަލް ޕެންޝަން އުވާލުމަކީ ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހިމެނޭ ހަރަދު ކުޑަކުރުމުގެ މުހިންމު ފިޔަވަޅެކެވެ.

މުހިއްމު ބައެއް ހަބަރު