17 ފެބުރުވަރީ 2025 - 13:05 4
ޒަމްޒަމް ފާރިޝް: އާންމުންގެ ފަރާތުން މީގެ ކުރިން ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެފައިވޭ -- ފޮޓޯ: ސްމާޓް ސޮސައިޓީ
17 ފެބުރުވަރީ 2025 - 13:05 4
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ގުރްއާން އަދި އިސްލާމް މާއްދާގެ ކަރިކިއުލަމް ތަރައްގީ ކުރާ ކޮމިޓީއަށް ޒަމްޒަމް ފާރިޝް އައްޔަންކޮށްފި އެވެ.
ގުރްއާން އަދި އިސްލާމް މާއްދާގެ ކަރިކިއުލަމް ތަރައްގީ ކުރާ ކޮމިޓީއަށް ޒަމްޒަމް އައްޔަންކޮށްފައި ވަނީ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓެއްގެ ގޮތުގަ އެވެ. އޭނާގެ އިތުރުން އެ ކޮމިޓީގައި ތިން މެންބަރުން ހިމެނެ އެވެ.
ކަރިކިއުލަމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުންނެވެ.
ގުރްއާން އަދި އިސްލާމް މާއްދާގެ ކަރިކިއުލަމް ތަރައްގީ ކުރާ ކޮމިޓީއަށް ޒަމްޒަމް އައްޔަން ކުރިއިރު، އޭނާއަކީ ރާއްޖޭގައި ކޮންޓްރޮވާޝަލް ޝަހުސިއްޔަތެކެވެ. އޭނާ ބުނެފައިވާ ބައެއް އެއްޗެހީގެ ސަބަބުން އާންމުންގެ ފާޑުކިޔުން ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އެގޮތުން، މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ބައިވެރިވި މަރިޔަމް ޝައިނާއަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޒަމްޒަމް ވާހަކަ ދެއްކި މައްސަލައިގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އޭނާ ބުނީ ޝައިނާ ފަދަ މީހުންނަށް ހައްގީ ނަރަކަ ކަމަށެވެ.
"އަންހެނުން އަރުވައިގެން އޮރިޔާންވާ މުބާރާތަށް ކިޔަންވީ މިސް ޔުނިވާސްއެއް ނޫން. އެއަށް ކިޔަންވީ މިސް ޖަހަންނަމަ. އެއަށް އަރައި ބަރަހަނާވާ އަންހެނުންނަކީ ދުނިޔެވީ މަދު ފައިސާ ކޮޅަކަށްޓަކައި މުޅި ދުނިޔޭގައި އޮރިޔާން އާންމު ކުރަން އުޅޭ ފާސިދު ފާޖިރުންތަކެއް. އެފަދަ މީހުންނަށް އެންމެ އައުލާކަން ބޮޑީ ޖަހަންނަމަ،" ޒަމްޒަމް ބުންޏެވެ.
އޭގެ އިތުރުން، އަރަބިއްޔާ ސްކޫލުގައި ޒަމްޒަމް ކިޔަވައިދިން އިރު ވެސް މައްސަލަތަކެއް ޖެހުނެވެ. އޭނާގެ މައްސަލައެއް ފުލުސް އޮފީހަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ފުލުސް އޮފީހުން އެ މައްސަލަ ތަހުގީގު ކުރި ކަމެއް ނޭނގެ އެވެ.
Comment