Advertisement

ޓޫރިޒަމް އެންޑް އެންވަރަމެންޓު މިނިސްޓަރު، ތޯރިގުއަށް ރުހުން ދީފި

17 ފެބުރުވަރީ 2025 - 11:47 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޓޫރިޒަމް އެންޑް އެންވަރަމެންޓު މިނިސްޓަރު، ތޯރިގުއަށް ރުހުން ދީފި

17 ފެބުރުވަރީ 2025 - 11:47 0

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަރަމެންޓް މިނިސްޓްރީ އެއްކޮށްލައި ޓޫރިޒަމްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެންވަރަމެންޓު މިނިސްޓަރު، ތާރިގު އިބްރާހިމްއާ ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ޓޫރިޒަމް އަދި އެންވަރަމެންޓް މިނިސްޓަރުކަމުގެ މަގާމުގައި ތޯރިގު ބެހެއްޓުމަށް ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް މިދިޔަ ޖެނުއަރީ 28، ގައި މަގާމުން ވަކި ކުރުމުންނެވެ. ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި މަގާމުން ވަކި ކުރިކަމުގެ ލިޔުން ފައިސަލްއަށް ފޮނުވީ އެ ދުވަހު އޭނާ އޮފީހަށް ވެސް ހާޒިރުވި ފަހުންނެވެ.

އޭގެ ފަހުން، މިއަދާ ހަމައަށް ވެސް ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކި ކުރުމަށްފަހު އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައި އޮތީ އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދުއާ އެވެ.

ނަމަވެސް އެ މަގާމަށް ވަކި ބޭފުޅަކު އައްޔަނު ކުރުމުގެ ބަދަލުގައި އެންވަރަމެންޓު މިނިސްޓްރީގެ ދަށަށް ޓޫރިޒަމް މިނިސްޓްރީ ބަދަލުކޮށް އެ ދެ މިނިސްޓްރީ ހިންގުން ތޯރިގުއާ ހަވާލު ކުރެއްވީ މިދިޔަ ފެބްރުއަރީ 1، ގަ އެވެ.