Advertisement

އުމްރާއަށްދާ ބީއެމްއެލް ކަސްޓަމަރުންގެ ޑޮލަރު ލިމިޓް 1،500 އަށް އިތުރުކޮށްފި

17 ފެބުރުވަރީ 2025 - 15:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުމްރާއަށްދާ ބީއެމްއެލް ކަސްޓަމަރުންގެ ޑޮލަރު ލިމިޓް 1،500 އަށް އިތުރުކޮށްފި

17 ފެބުރުވަރީ 2025 - 15:31 0

މި އަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު އުމްރާއަށްދާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ ޑެބިޓް ކާޑު ލިމިޓް 1،500 ޑޮލަރަށް އިތުރުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ ކާޑަށް ދޫކުރާ އެ ލިމިޓް ބޭނުން ކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ކަމަށެވެ. ލިމިޓް ދޫކުރާނީ ކޮންމެ ކަސްޓަމަރެއްގެ ވެސް އެއް ޑެބިޓް ކާޑަށް ކަމަށް އެ ބެންކުން ބުންޏެވެ.

"ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޢުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެ،" އެ ބޭންކުން ބުންޏެވެ.

އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް ޑޮލަރު ލިމީޓް ބޭނުން ކުރަން މަގުފަހިކޮށްދިނުމަށް އުމްރާ ގްރޫޕްތަކުން އަމަލު ކުރަންވީ ގޮތުގެ ތަފްސީލްތައް ބޭންކުން ވަނީ ގްރޫޕްތަކާ ހިއްސާ ކޮށްފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މިގޮތުން ބީއެމްއެލްއިން ބުނީ އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން އެ ގްރޫޕްތަކާ ގުޅުމަށް އެދޭ ކަމަށެވެ.

މީގެއިތުރުން އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ އުމްރާވެރިން ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލްގެ ބަންދު ދުވަސްތައް ފިޔަވައި އެ ބޭންކުގެ މޯބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓި ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށެވެ.

ރޯދަ މަހު އުމްރާއަށް ދާ ހުރިހާ ދިވެހިންނަށް ޑޮލަރު ލިމިޓުގެ އިތުރަށް 1،500 ޑޮލަރު ދިނުމަށް ބީއެމްއެލް އާއި އެމްއެމްއޭއަށް އެންގެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ފެބްރުއަރީ 10، ގަ އެވެ.