13 އޭޕްރީލް 2025 - 01:53 1
ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބު އަދި ސީއީއޯ މުހައްމަދު ޝަރީފު. -- ފޮޓޯ: ބީއެމްއެލް
13 އޭޕްރީލް 2025 - 01:53 1
ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ވިސްނުމާއި ލީޑާޝިޕް, ބީއެމްއެލްގެ މިޝަންއާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމަށް، އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ބީއެމްއެލްއިން 60 މިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ހުޅުމާލޭގައި އިމާރަތްކުރާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހަތް ބުރީގެ "ސަނާބިލް އިމާރާތު"ގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ރައީސް މުއިއްޒުގެ ވިސްނުމާއި ބީއެމްއެލްގެ މިޝަން ލާމެހިފައިވާކަން ޝަރީފު ފާހަގަ ކުރެއްވިއިރު، އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ހުންނެވި އެވެ.
"ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމާއި ފުދުންތެރިކަން ހޯދައިދިނުމާއި އިޖުތިމާއީ ދުޅަހެޔޮކަމާއި ތައުލީމީ ޖީލެއް ބިނާކުރުން ފަދަ ސަރުކާރުގެ މުހިއްމު ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގޭ މުހިއްމު މަޝްރޫއުތަކުގައި ބީއެމްއެލްއިން ބައިވެރިވާނެ، އެހީތެރިވެދޭނެ،" ޝަރީފު ވިދާޅުވި އެވެ.
"އެހެންވެ މި މަޝްރޫއުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް."
ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށް ދޭން ބީއެމްްއެލްއިން މިވަރަށް މަސައްކަތް މިކުރަނީ، ސަރުކާރަށް ފައިސާ ލިބުން ތާށިވެފައިވަނިކޮށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އެދުރު
12 days ago
ދިވެހިބަހުގެ ދުވަސް އައިސްއަިސް އޮއްވާ، ގައުމީ ބަހަށް އިސްކަން ދޭންޖެހޭނެކަމަށް ގާނޫނެއް އޮއްވައި، އަނެއްކާ ވެސް "ސަނާބިލެއް" މިދޭތެރެއިން ދެ ބޭފުޅަކުން މިކަމާ ފޭސްބުކުގައި ވަރަށް ޖަދަލުވެސް ކުރައްވައިފި. އެކަމަކު ވީކަމެއް ނެތް. ދިވެހިބަހުގެ ވަޒީރު ވެސް ހަމަ އުފަލުން އެ ހުންނަވަނީ، ބަހުގެ ގާނޫނު އޮޅައިލައްވައިގެން ގައުމިއްޔަތުގެ ތަމްރީނު ދެއްވުމުގައި ކޮންމެވެސް އިނގިރޭސި ނަމެއް ވިދާޅުވެފައި ގައުމިއްޔަތޭ ވިދާޅުވަނީ. ހިތާމައިގެ ކޮޅެއް ނެތް. ބަސްދެކ
Comment