17 ފެބުރުވަރީ 2025 - 09:36 0
އަހުމަދު އާއިދު
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާއެއްގައި ބައިވެރިވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
17 ފެބުރުވަރީ 2025 - 09:36 0
ދިވެހި ސަރުކާރުން ފަސް ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް މިއަދު ނަން ފޮނުއްވި ހަތަރު ބޭފުޅުންނަކީ މިހާރު ވެސް ސަފީރުކަމުގައި ތިއްބެވި ބޭފުޅުންނެވެ. މި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ ހާރިޖީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
މި ގައުމުތަކަށް ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށް މަޖިލީހުން ގޮތެއް ނިންމާނީ ހާރިޖީ ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.
މި ހުރިހާ ބޭފުޅުން ވެސް ސަފީރުކަމަށް އައްޔަންކުރެއްވީ މި ވެރިކަމުގެ ފުރަތަމަ މަސްދުވަހުގެ ތެރޭގަ އެވެ. އެބޭފުޅުން މިހާރު ވަނީ ސަފީރުކަން ކުރައްވާ ގައުމުތަކުގެ ވެރިންނަށް މަގާމުގެ ފަތްކޮޅު ވެސް އަރުވާފަ އެވެ.
Comment