Advertisement

ދުވަސްތަކަކަށްފަހު އަބްދުއްރަހީމް އެނބުރި ޕީއެންސީ ޖަގަހައަށް

16 ފެބުރުވަރީ 2025 - 20:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިއަދު ޕީއެންސީގެ ޖަގަހައިގައި: މި ފަހުން އެ ޕާޓީގެ ހަރަކާތްތަކުން އެމަނިކުފާނު ފެނިވަޑައިގެންފައެއް ނުވޭ ---- ފޮޓޯ: އަތޫފް އާތިފް / އަދަދު


ދުވަސްތަކަކަށްފަހު އަބްދުއްރަހީމް އެނބުރި ޕީއެންސީ ޖަގަހައަށް

16 ފެބުރުވަރީ 2025 - 20:00 0

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އުފެދުނު ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން ވެރިކަންކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން އެކަހެރިވެ ހުންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެނބުރި އެ ޕާޓީގެ ހަރަކާތްތަކަށް އަލުން ނުކުންނަވައިފި އެވެ.

ސިޔާސީ ހަރަކާތްތަކަށް ނުކުންނަވާ އަބްދުއްރަހީމް މިއަދު ވަޑައިގެންނެވީ މާލޭ ހެންވޭރު ކޮޅުގައި ހުންނަ ޕީއެންސީގެ ޖަގަހައަށެވެ. އެ ތަނުގައި އެމަނިކުފާނާއެކު މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާޓީގެ އިސްވެރިން ތިއްބެވި އެވެ.

އޭގެ ތެރޭގައި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑާރު, ބާރަށު ދާއިރާގެ މެންބަރު އަލީ ޝުޖާއު އާއި ލޯކަލް ގަވަމަންޓުން މިނިސްޓަރު އާދަމް ޝަރީފާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އާއި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ.

މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މިއީ ކުރިއަށް އޮތްތަނުގައި ވެރިކަންކުރާ ޕާޓީގެ މަސައްކަތްތަށް ބާރަށް ކުރިއަށް

ދެ ރައީސުންގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނުތަނަސްކަމުގެ ހުޅުފަޅައިގެން ދިޔައީ ޖެނުއަރީ 28، ގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.

އެ ދުވަހު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.

އޭގެ ފަހުން އަބްދުއްރަހީމް މިކަމާ ގުޅޭގޮތުން ބަހެއް ވިދާޅެއް ނުވެ އެވެ. ނަމަަވެސް، ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ދެ ރައީސުން އެކުގައި ފެނިގެންދިޔަ އެވެ. އަދި، މިއަދު ޖަގަހައިން ނުކުންނަވާ ނޫސްވެރިންގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދެއްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ މި ނޫހާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.

އޭގެފަހުން ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ލީޑަޝިޕުގެ ހަރަކާތްތަކާއި ކެމްޕޭން ހަރަކާތްތަކުންވެސް އެކަހެރި ކުރައްވާފަ އެވެ. މި މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނުގެ ކެމްޕޭނުގައިވެސް އަބްދުއްރަހީމް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.